logo minivan

English

ހޯމަ, 09 ޑިސެމްބަރ 2024

ގޮވާމުން ނެގި ފިތުރު ޒަކާތް މާދަމާ ބަހަން ފަށަނީ

މި އަހަރު ގޮވާމުގެ ބާވަތްތަކުން މާލެ ސިޓީން ނަގާފައިވާ ފިތުރު ޒަކާތް މާދަމާ ބަހަން ފަށާނެ ކަމަށް އިސްލާމިކް މިިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ މި ރޯދަ މަހު ފިތުރު ޒަކާތުގެ ގޮތުގައި މާލެ ސިޓީން ބަލައިގަތް ގޮވާމުގެ ބާވަތްތައް ބަހާނީ، މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމުގައެވެ.

މި ތަކެތި ބެހުން ކުރިއަށް ދާނީ މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށެވެ.

ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ، ބުދަ ދުވަހު މެންދުރު 1:00 އިން 3:15 އަށް، ހަވީރު 4:00 އިން 5:30 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށް ޒަކާތް ބެހުމަށް ހަމަޖެހިފައިވެއެވެ. އަދި ބުރާސްފަތި ދުވަހުގައި ހެނދުނު 10:00 އިން ހަވީރު 5:30 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ޒަކާތް ބެހުމަށް ހަމަޖެހިފައިވެއެވެ.

މާލެ ސިޓީގައި ގޮވާމުން ޒަކާތް ބެހުން ކުރިއަށް ދާނީ މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލުގައެވެ.

ގޮވާމުގެ ގޮތުގައި ލިބުނު ޒަކާތް ބަހަން މާދަމާ ފެށިނަމަވެސް ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެއްކޭނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *