logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ކުރީގެ ރައީސް ޔާމީން ފުލުހަށް ހާޒިރު ކޮށްފައި އަނބުރާ ދޫނިދޫ އަށް ގެންދަނީ ؛- ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

ރައީސް ޔާމީނަކީ ޙުކުމް ތަންފީޒުކުރަމުންދާ "ޤައިދީއެއްކަން" ޕީޕީއެމްގެ ލީޑަރޝިޕަށް ޖީޕީން ހަނދާންކޮށްދީފި

ކުރީގެ ރައީސް ޔާމީނަކީ ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީއެއްކަން ޕީޕީއެމްގެ ލީޑަރޝިޕަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހަނދާންކޮށްދީފިއެވެ.

ރައީސް ޔާމީންގެ ބަންދާއި އަދި މިހާރު ކޯޓުތަކުގައި ކުރިއަށްދާ އެމަނިކުފާނުގެ މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް ޕީޖީ އޮފީހާއެކު އިދިކޮޅު ކޯލިޝަނުން ވަނީ ބައްދަލުވެއް ބާއްވާފައެވެ. މި ބައްދަލުވުމަށްފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ބައެއް މީޑިއާތަކަށް ދޮގު މައުލޫމާތުދެއްވާފައެވެ. މިގޮތުން ނުފޫޒެއް ނެތް ނަމަ ރައީސް ޔާމީން މިނިވަންވާނެކަމަށް ޕީޖީން ވިދާޅުވިކަމަށް ދޭހަވާ ގޮތަށް އަބްދުއްރަހީމް ވާހަކަދެއްކެވުމުން އެކަން ދޮގުކޮށް ޖީޕީން ވަނީ އެބައްދަލުވުމުގެ ބައެއް މައުލޫމާތުތައްް މީޑިއާއަށް ހިއްސާކޮށްފައެވެ. މިގޮތުން ރައީސް ޔާމީނަކީ ހުކުމް ތަންފީޒު ކުރަމުންގެންދާ ޤައިދީއެއްކަމަށާއި ޤައިދީންނާބެހޭ ކަންކަމުގައި ވާހަކަދައްކަން ޖެހޭނީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާކަން ހަނދާންކޮށްދިން ކަމަށް ޕީޖީން ބުނެއެވެ.

"ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ޝަރީޢަތުން އޮތީ ޙުކުމެއް ކޮށްފައެވެ. އެ ޙުކުމް، މަތީ މަރްޙަލާގެ ކޯޓަކުން ބަދަލުނުކުރާހާ ހިނދަކު، އެ ޙުކުމަކީ ޞައްޙަ، ޤާނޫނީ ބާރު ލިބިގެންވާ، ޙުކުމެކެވެ. މިޙާލަތުގައި ރައީސް ޔާމީނަކީ ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީއެކެވެ. ޤައިދީންގެ ޝަކުވާތައް ބަލާ އިދާރާއަކީ ކަރެކްޝަންސް ސަރވިސްކަމަށްވާތީ، ރައީސް ޔާމީންގެ ބަންދުގެ ޙާލަތާ ގުޅޭގޮތުން ހުރި ޝަކުވާތައް، ކަމާބެހޭ އިދާރާތަކަށް ހުށަހެޅުއްވުމަށް ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ." ޕީޖީން ބުންޏެވެ.

މިބައްދަލުވުމަކީ، ރައީސް ޔާމީންގެ ޝަރީޢަތުގެ ކަންކަން ހިނގަމުންދާގޮތާބެހޭގޮތުން މަޝްވަރާ ކުރުމަށް، ޕީޕީއެމް/ޕީއެންސީއިން އެދިގެން ބޭއްވި ބައްދަލުވުމެއްކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މިއަދުގެ ބައްދަލުވުމުގައި، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލަ އަވަހަށް ނިމުމަކީ ޕީޖީ އޮފީހުންވެސް އެދޭ ގޮތްކަމަށް ޕީޖީ ވިދާޅުވިއެވެ. ނަމަވެސް، މިމައްސަލަ މިހާރުވެސް ލަސްވެފައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ނުކުތާތައް ލިޔުއްވައި، ހުށަހެޅުއްވުންވެސް ލަސްވެފައި އޮތުމުން ކަމަށާއި، ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ވީހާވެސް އަވަހަކަށް ގެންގޮސް، މައްސަލައިގައި އަވަހަށް ޙުކުމެއް ކުރުމަށް، ޕީޖީ އޮފީހުން އެއްބާރުލުން ދޭންޖެހޭ ހަމަ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެކަމަށް ޕީޖީން ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ބޮޑު ވަގަކު ދޫކުރަންޏާ ޖަލުގައިތިބި އެންމެންވެސް ދޫކުރަން ޖެހޭނެއެވެ. ނޮވެމްބަރ 11 ގައި އަފޫއަާންމެއް އޮވޭތޯ ދުއާ ކުރާށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *