logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024
ސައުދީ ހާރިޖީ ވަޒީރު ފަރްހާން

12 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ސައުދީގެ ހާރިޖީ ވަޒީރަކު ސީރިޔާއަށް

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު، ސައުދީ ހާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާންއާ ބައްދަލުކުރައްވައިފިއެވެ.

މިއީ އެ ސަރަހައްދުގައި ސީރިއާ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މިހާތަނަށް އެޅި އެންމެ ބޮޑު ފިޔަވަޅެވެ.

އަނެއްކާވެސް ގުޅުން ބަދަހި ކުރަން ދެ ގައުމުން އެއްބަސްވީ މިދިޔަ މަހުގެ ތެރޭގައެވެ.

މިއީ 2011 ވަނަ އަހަރު ސރިޔާގެ ދާހިލީ ހަނގުރާމަ ފެށުނު ފަހުން ސައުދީގެ އޮފިޝަލަކު ސީރިއާގެ ވެރިރަށަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ސައޫދީ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މި ދަތުރުފުޅުން ހާމަވީ ސީރިޔާގައި ހިނގަމުންދާ ހަނގުރާމައަށް ސިޔާސީ ހައްލެއް ހޯދަން ސައުދީން ބޭނުންވާކަން ކަމަށެވެ.

ހަމަނުޖެހުންތައް ފެށުނީއްސުރެ ސީރިޔާ އެ ސަރަހައްދުގައި ސިޔާސީ ގޮތުން އެކަހެރިވެފައިވާ ގައުމެކެވެ. ނަމަވެސް ފާއިތުވި ހަފުތާގެ ތެރޭގައި ސަރަހައްދީ ގުޅުންތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ވަކިން ހާއްސަކޮށް ސީރިޔާގެ ބައިވެރިއެއް ކަމަށްވާ ސައުދީ އަރަބިއްޔާ ވަނީ އީރާނުން އަލުން ގުޅުމަށް ނިންމާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *