ރ. އިނގުރައިދޫގައި ސިއްހީ މަރުކަޒެއް އަޅަން 76 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އަލަށް ހަދާ ސިއްހީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީއިން ހަވާލުކުރީ 540 ދުވަސް ތެރޭގައި ނިންމާގޮތަށް ޑުޕްލެކްސް ކުންފުންޏާއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިނިސްތްރީގެ ފަރާޓުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުލް ހަންނާނެވެ. ޑުޕްލެކްސް ކުންފުނިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަސްލަމެވެ.
Project Name: Construction of R. Inguraidhoo Health center
Contractor: Duplex Private limited
Price: 76,869,858.52
( Maldivian Rufiyaa Seventy-Six Million eight hundreds and sixty-nine thousand eight hundred and fifty-eight Rufiyaa Fifty-Two Laari)Duration: 540 Days pic.twitter.com/2NAgNqxkje
— Ministry of Health (@MoHmv) April 18, 2023
ހެލްތް މިނިސްތްރީއިން ދަނީ ރައްރަށުގައި ހެލްތް ސެންޓަރުތައް ގާއިމް ކުރަމުންނެވެ. އެގޮތުން މިދިޔަ ބުދަދުވަހު ދ. މާއެނބޫދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ލެބޯޓްރީ އަދި ޕޯޓިކޯ ހަދަން ބަޔަކާ ހަވާލުކުރިއެވެ.