logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024

މައްސަލަބަލަމުން ދަނިކޮށް ރަމީޒް ޕީޕީއެމް އިން ވަކިވެއްޖެ

އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މާލެ ސިޓީ ކައުންސިލް މެމްބަރު އާދަމް ރަމީޒުގެ މައްސަލައެއް އެ ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަމުން ދަނިކޮށް އޭނާ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ޕީޕީއެމްގެ ސްޕީކްސް ޕާސަން ހީނާ ވަލީދު "މިނިވަން" އަށް ޔަގީންކޮށްދެއްވި ގޮތުގައި ރަމީޒް ޕާޓިއިން ވަކިވެއްޖެއެވެ.

ރަމީޒު ވަކިވެފައިމިވަނީ އޭނާގެ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

" މައްސަލައެއް ބަލަމުން ދަނީ، ޕާޓިން ވަކިވީމަ ދެން ނޭގެ އަދި މައްސަލަ ބެލުން ކުރިއަށް ގެންދާނެކަމެއް " އެޕާޓީގެ ސްޕޯކްސް ޕާސަން ވިދާޅުވިއެވެ.

ރަމީޒުގެ މައްސަލައެއް ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައިވަނީ ސީދާ އެޕާޓިގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ބޭނުންފުޅު ވެގެންކަމަށް ވާހަކަދެކެވެއެވެ.

ބަލަމުން ދަނީ ކޮން މައްސަލައެއްކަމެއް އެޕާޓީއިން ހާމައެއްނުކުރެއެވެ. އަދި ރަމީޒު ވަކިވި ސަބަބެއް ވެސް ނުބުނެއެވެ.

ރަމީޒުގެ މައްސަލަ ބަލަން ފަށާފައި ވަނީ ޕީޕީއެމްގެ ޓިކެޓުގައި ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ނަމަ، މުއިއްޒު ކުރިމަތިލައްވާނެ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. ރަމީޒު އަކީ މާލެ ސިޓީގެ މޭޔަރު މުއްޒުއާ އަރިސް އަދި މާލެ ސިޓީ ކައުންސިލްގެ މެމްބަރެއްވެސް މެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *