logo minivan

English

ހޮނިހިރު, 27 ޖުލައި 2024
މާލޭގެ ސްކޫލެއްގެ ދަރިވަރުން --- ފޮޓޯ : ސޯޝަލް މީޑިއާ

ގްރޭޑް 1އަށް ކުދިން ވެއްދުމަށް ހޯމަ ދުވަހު ހުޅުވާލަނީ

ދިރާސީ އާ އަހަރަށް، މާލެ ސަރަޙައްދުގެ ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 އަށް ކުދިން ވެއްދުމުގެ ފުރުސަތު، އަންނަ ހޯމަ ދުވަހު ހުޅުވާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

އަންނަ އޯގަސްޓްމަހުގެ 6 ވަނަ ދުވަހު، 2023-2024 ކުރިއަށްދާ ދިރާސީ އާ އަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް އެކަކަށް ކުދިން ވެއްދުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހޯމަ ދުވަހު ހުޅުވާލިނަމަވެސް، އެހެން ގްރޭޑްތަަކުން ޖާގަ ހޯދުމަށް ފޯމު ހުށައެޅުމަށް ހުޅުވާލަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެންކަމަށެވެ.

ސްކޫލަށް ކުދިން ގެންދިއުމަށް ފަސޭހަކުރުމަށް، ސަރުކާރު ސްކޫލްތަކަށް މިހާރު ޖާޖަ ދެމުން އަންނަނީ، އެ ކުއްޖަކު ދިރިއުޅޭ ގެ ހުންނަ ސަރަޙައްދާ ކައިރި ސްކޫލްތަކަށް އިސްކަން ދީގެންނެވެ.

2021 ވަނަ އަހަރުން ފެށިގެން ސަރުކާރުން ތައުލީމީ ނިޒާމަށް ގެނައި ބަދަލުތަކާއިއެކު މިހާރު ސްކޫލް ބޮޑު ޗުއްޓީ އަންނަނީ އަހަރުގެ މެދުތެރޭގައެވެ.
އަދި މިހާރު ކުރިއަށްދާ ދިރާސީ އަހަރު ނިމޭނީ މިއަހަރުގެ ޖޫން 22ވަނަ ދުވަހުއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *