logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

ދެރަށެއްގެ ސިއްހީމަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ތ.ދިޔަމިގިލީ ސިއްހީމަރުކަޒާއި ގއ. ގެމަނަފުށި ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ބަޔަކާ ހަވާލުކޮށްފިއެވެ.

ދިޔަމިގިލީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ޕޯޓިކޯގެ މަސައްކަތްތައް ކުރުމަށް ކޯސްޓަލް އިންޖިނިއަރިންގ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ 154 ދުވަސްތެރޭ ނިންމުމަށެވެ.

އެ މަސައްކަތުގެ ޖުމްލަ އަގަކީ 4,405,835.16 ރ (ހަތަރު މިލިއަން ހަތަރު ލައްކަ ފަސްހާސް އަށްސަތޭކަ ތިރީސްފަސްރުފިޔާ ސޯޅަލާރި) އެވެ.

ގެމަނަފުށި ސިއްހީ މަރުކަޒުގެ ވަށާފާރު ރޭނުމާއި، އެ މަރުކަޒުގައި ކުރަންހުރި މަސައްކަތްތައް ކުރުމަށް ހަވާލުކުރީ
ކޮންޓްރެކްޓަރ ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއެެވެ.

މިއަދު، ރ. އިނގުރައިދޫގައި ސިއްހީ މަރުކަޒެއް އަޅަން  ވެސް ބަޔަކާ ހަވާލުކުރިއެވެ. އެއީ 76 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *