logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އެމްއެންޕީ އަށް 4 ޕަސަންޓް، 128 ވޯޓް، ހޯދައިދެއްވި އިސްތިރާޖީ ޓީމް މިއޮތީ!

އެމްއެންޕީގެ އިސްފަރާތަކުން މިނިވަންއަށް ކިޔައިދިން ގޮތުގައި ގުރައިދޫ ދާއިރާގެ އެމްއެންޕީގެ މަސައްކަތްފެށީ މަޖީދީމަގުގެ ކޭލާގޭ ކައިރީ ހުންނަ ޖަގަހައިގެ ދެވަނަ ފަންގިފިލާ މަތީގައި ހުންނަ ވަކިބަޔަކަށް ވަދެވޭ އެންއެންޕީގެ އިސްތިރާޖީ އޮފީހުގައެވެ. އެއީ ހަނގުރާމައިގެ "ޥޯ ރޫމް" އަށް ވުރެވެސް ވަރުގަދަކޮށް ހަދާފަ ހުރި އޮފީހެއް ކަމަށް ވެއެވެ. ސީއައިއޭގެ ބްލެކްސައިޓްތަކުގައި ހުންނަ އޮފީސް ތަކަށް ވުރެވެސް ސިއްރުވެރިކަން ބޮޑުކަމަށް ވެއެވެ. މި އިސްތިރާޖީ ގްރޫޕްގައި މިތިބީ އާދައިގެ ބައެއްނޫނެވެ. މެޑަލްތަކާއި ކޮނޑަށް ފައްތަކާއި ތަރިތައްވެސް ބަރި ބަރިއަށް ވަނީ އަރާފައެވެ.

އެމްއެންޕީގެ އިސްތިރާޖީ ޓީމަކީ ކާނަލް ނާޒިމް އާއި އަބްދޯ ރިޔާޒުގެ ވަރަށް ގާތް ފަރާތްތަކެކެވެ.
ނާޒިމް އަކީ އެމްއެންޑީފްގައި އެތައް އަހަރެއް މަސައްކަތް ކުރި އިރު އެފްއޭ ފަޔާޒް އަދި ރިޔާޒާއެކު އެންއެސްއެސް އަދި ފަހުން ސިޔާސީ މަސައްކަތް ކުރިމީހުންނެވެ. ފުލުހުން ކެނޑިގެން އުޅޭ ޕައިރޫޝް އަކީ ރިޔާޒް ބުނެގެން ފެބްރުއަރީ 7 އަދި 2013 ގެ ރިޔާސީ އިންތިހާބު ބާތިލް ކުރަން ރިޕޯޓް ލިޔެދިން ފަރާތެވެ. އިހްސާނަކީ ނާޒިމް އަށް އެމްއެންޑީއެފް ތެރެއިން އެތައް ކަމެއް ނާޒިމް އަށް ކޮށްދިން ވެސްޓް ޕޮއިންޓްގެ ގްރެޖުއޭޓް އެކެވެ.
އާޒިމާ ޝުކޫރާއި ދުންޔާ އަކީ ނާޒިމް އާއި އެކީ ކެބިނެޓްގައި މަސައްކަތް ކުރި މިނިސްޓަރުންނެވެ. އަދި ސައިރިކްސް ޝަރީފާއި ސިދާތާ އަކީ އެމްއެންޕީ ފެށުނީއްސުރެ ނާޒިމް އާއި އެކީ އުޅޭ ފަރާތްތަކެކެވެ.
ކޮންމެއަކަސް މިތަޖުރިބާކާރު ޓީމް އިސްތިރާޖީ އޮފީސް ހަދައިން މިޖެހުނީ ސުމެކެވެ. ލަދުވެތި ނަތީޖާއެކެވެ. ކޮންމެއަކަސް މީގެން މިއިނގެނީ ކިތަންމެ ފޮތްތެރިވިޔަސް އަދި އިލްމީވެފައި ތަޖުރިބާ ތަކެއް ހުއްޓަސް ސިޔާސީ މައިދާނުގައި ކަމަކަށް ވާކަހަލަ ކަމެއް ޖެހިއްޖިއްޔާ މިފަރާތްތަކުގެ ބޭނުމެއް ނުހިފެއެވެ.
ސަބަބަކީ މިފަރާތްތަކުން ރައްޔިތުންނާ ހިސާބަކަށް ނުދެއެވެ. ފިނިކޮޓަރީގައި އިސްތިރާޖީ ރޫމް ހަދައިގެން ތިއްބަސް ރައްޔިތުންގެ އިހްސާސްތަކެއް ނޭންގޭނެއެވެ. މިފަރާތްތަކުން ނާޒިމް އަތުން ފައިސާގެ މަންފާއެއް ލިބުން ފިޔަވާ އެއްވެސް ކަމެއް ނުވެއެވެ.
މިފަރާތްތަކުގެ އަސްލު ފެންވަރު އިނގުން އިރު މިދިއައީ ސުމަކުންނެވެ. ދިވެހިންގެ ނަސީބަކީ މިފަރާތްތައް މަގާމުތަކުގައި ތިބިއިރު އެއްވެސް އުދުވާނީ ހަމަލާއެއް ނުވަތަ އެއްވެސް ކަމެއް ރާއްޖެއަށް ނުޖެހުނީތީ ޝުކުރުކުރަމެވެ. އެހެނީ މިފަރާތްތަކުގެ އިސްތިރާޖީ ފެންވަރުން ކުޑަ ސްކޫލެއްވެސް މިފަރާތްތަކަށް ހިންގޭނެކަމާއިމެދު ޝައްކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. އެއްވެސް ކަހަލަ ސިޔާސީ ފިކުރެއް ވިސްނުންތެރިކަމެއް އަދި ނިވިތާކައް އިޙްލާސްތެރިކަން ނެތީމަ ދެން ކުޅެންޖެހޭނީ މަކަރާ ހީލަތުން ނާޒިމަކީ މީހަކު އެހީއަކައް އެދުމުންވެސް ފޯމު 100 ހޯދާފަ އަދި އެދުނު އެހީއެއްވެސް ނުވާފަރާތެއް ބުނާބަހުގެ އިތުބާރެއް އަދި އޮނަ މީހެއްނޫން މިމީހުން ހީކުރަނީ ރައްޔިތުން މިމީހުން ފަހަތުން ދުވަންޖެހޭނެކަމައް މިމީހުން ރައްޔިތައްކޮށްދިން ކަމެއް ނޯންނާނެ ހުސް މަކަރުވެރި ބަޔެއް އަދި ނުވިތާކައް އިބޫ އަށް ކެންޕޭންކޮށްދެނީ އިދިކޮޅުގެ ވޯޓު ދެބައިކުރަން އަބްދުއްލޯ ރިޔާޒު އޮތީ ޤާސިމުގެ މާމިގިލިންވެސް ވޯޓު ފަޅިފަޅިކުރަން މީހުން އަރުވައިގެން މަސައްކަތްކޮށްފަ ރިޔާޒަކީ ނާޒިމް ކޮންޓްރޯލްކުރާފަރާތް ނާޒިމަކައް އިސްތިރާޖީގެ މާނަވެސް ނުއިގޭނެ

  2. މިމީހުންގެ ބޭނުން ހިފޭނީ ހަގުރާމަ ތަކުގައާއި ބަޤާވާތް ތަކުގައާއި މިލިޓްރީ އިހްތިޖާޖް ތަކުގައެވެ. ޕާކިސްތާނުގައި ނަމަ މިހާރު މިމީހުން ވެރިކަން ހޯދައިފާނެއެވެ. އެތިއްބަވަނީ އެކަހަލަ ފުރުސަތަކަށެވެ. އޭރުން ވޯޓެއް ބޭނުމެއް ނުވާނެއެވެ.

  3. ތީއަދިފެށުން 2023ކެންޕެއިން ތަފާތުވާނެ ސަރުކާރުގެ%100ނުފޫޒްނުފޯރުވާފިއްޔާމުވަރެއް ސައްކު

  4. ކޮންްފަދަ ވަރުގަދަ ޓީމެއް، ތީ ކުޑަގައުމެއް ފަތަހަ ކޮށްލާވަރުގެ ޓީމެއް

  5. ސައިރިކްސް ޝަރީފަކީ ކޮލެޖެއް ހިންގަން ނޭނގިގެން އުޅޭ މީހެއް. ދެންކިހިނެއް މިވަރު ކަމެއްކުރާނީ….

  6. އިސްތިރާޖީ ޓީމެއް ނެގުމަކީ އަލަށް ބަޔަކު ކުރި ކަމެއްތަ؟ މިވެސް ދެން ހަބަރެއް؟ ޢެމްއެންޕީން ކިހާ ވަރެއްދިން މިހަބަރު ޖަހަން؟

  7. ޢެން އެން ޕީ ސިޔާސީ މައިދާނަށް ނުކުއިން އެންމެ އުންމީދީ އާ ޕާޓީ. ޥަރައް ރަގަޅު ޓީމެއް، އަދި ތަފާތު ފެންނާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *