ފޭސް 2ގައި ސައިކަލަކާއި ކާރެއްޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލެ ފޭސް 2 ގައި ސައިކަލަކާއި ކާރެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. އެކްސިޑެންޓް ހިނގާފައިވަނީ މީގެ ބައިގަޑި އިރެއްހާއިރު ކުރިންނެވެ. ފުލުހުން ބުނީ ސައިކަލުގައި އިންމީހާއަށް އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރިވާދެމުން ކަމަށެވެ.