logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އީދު ޚުޡުބާ: "ރުޅިވެރިކަމާއި، ޙަސަދަވެރިކަމަކުން އަހަރެމެންގެ ހިތްތައް ސާފުކުރަމާ ހިނގާށެވެ"

ވަޠަނުގެ އަމާންކަމުގެ ނިއުމަތަކީ ބަޔަކަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތް ކަމަށާއި، މިއަދުގެ އީދު ނަމާދުގެ ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

ޚުޡުބާގައި ވިދާޅުވީ، އީދު ދުވަހަކީ އިންސާނިއްޔަތުކަން ފާޅުކުރަން ޖެހޭ ދުވަހެއް ކަމަށާއި، މިއަދު ދޭދޭ ފަރުދުންގެ މެދުގައި އެއްވެސް ހަކަލަ އަރާރުމެއް، ދެކޮޅުވެރިކަމެެއް އޮތްނަމަ، އެކަން ނައްތާލަން ޖެހޭނެ ކަމަށެވެ.

"އިސްލާމް ދީން ގޮވާލަނީ އަހަރެމެންނަކީ، އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާ ބަޔަކު ކަމުގައި ވުމަށެވެ. އަނިޔާވެރި އާއި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހަކާ ދެމެދު ލޯތްބެއް ނޯންނާނެއެވެ. ހަގީގީ ލޯބި އޮންނާނި އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރި ވެގެންނެވެ. ބާރުގަދަ މީހާ ނިކަމެތި މީހާގެ އަތުގައި ހިފައިގެންނެވެ. އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިގެންނެވެ." އީދު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި އިތުރަށް ވިދާޅުވި ގޮތުގައި އީދު ދުވަސްފަދަ އުފާވެރި ދުވަހެއްގައި ހަނދާނަށް ގެންނަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، މިއަދުގެ ބަރަކާތްތެރި ޖަމާއަތަށް އެންމެހާ މުސްލިމުން ހާޒިރު ކުރުވީ މާތްވެގެންވާ އިސްލާމް ދީން ކަމެވެ. އެހެންކަމުން ހުރިހާ މުސްލިމުންވެސް ދީނާއި އަޤީދާއަށް ރައްކާތެރިވާން ޖެހޭނެ ކަމުގައިވެސް ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

"އަހަރެމެން މިއަދު ޚިދުނަމާދަށް ޓަކައި އެއްވެ ތިބި ތިބުން ހާމަކޮށްދެނީ އަހަރެމެންގެ އެއްބައި ވަންތަކަމެވެ. އަހަރެމެންގެ ކުޑަކުދިންނާއި ބޮޑެތި
މީހުންގެ މެދުގައި، ފަގީރުންނާއި މުއްސަނދިންގެ މެދުގައި، އޮތް ކުލުނުވެރިކަމާއި ލޯތްބެވެ. މިއަދު ހުރިހާ ރުޅިވެރިކަމާއި، ޙަސަދަވެރިކަމަކުން އަހަރެމެންގެ ހިތްތައް ސާފުކުރަމާ ހިނގާށެވެ. ބައިބައިނުވެ، އެއްގަލަކަށް އަރަމާ ހިނގާށެވެ! އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް
އަނެކާގެ ޙައްގު އަދާކުރަމާ ހިނގާށެވެ! މައިންބަފއިންގެ ޙައްގުތަކުން ފަށަމާ ހިނގާށެވެ. މައިންބަފައިންކުރެ ހަމަ އެކަކުވެސް ހިތުގައި ނުޖައްސަން މިއަދު އަޒްމު ކަނޑައަޅަމާ ހިނގާށެވެ!" ޚުތުބާގައި ވިދާޅުވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *