logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޔޫރޮޕާ ލީގު: ލަދުވެތި ނަޖީތާއަކުން ސެވިއްޔާއިން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލައިފި

ޔޫއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ސެވިއްޔާއިން 3-0 މެންޗެސްޓާ ޔުނައިޓެޑު ބަލިކޮށްފިއެވެ.

މި މުބާރާތުގެ ފުރަތަމަ ލެގުގައި މި ދެޓީމް ކުޅުނު މެޗް ނިމުނީ 2-2 އެއްވަރުވެފައެވެ. ސެވިއްޔާ ދަނޑުގައި ކުޅުނު މެޗްގެ ފުރަތަމަ ގޯލް އަށް ވަނަ މިނިޓްގައި ޖެހީ އެން ނެސީރީއެވެ. މިއީ މެގުއާ ހެދި ގޯހެއްގެ ފައިދާނަަގައި އެން ނެސީީރީ ޖެހި ލަނޑެކެވެ. ފުރަމަތަ ލެގުގައިވެސް ފަހު މިނެޓްގައި މެގްއާ ވަނީ ބައިކޮޅަށް ގޯލަށް ޖަހައި ސެވިއްޔާއަށް އެއްވަރުކޮށްދީފައެވެ.  ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ސެވިއްޔާ އިން ދެ ވަނަ ލަނޑެއް ޖެހި އެވެ. މިއީ ސެވިއްޔާގެ ކެޕްޓަން، އިވާން ރަކިޓިޗް ނެގި ކޯނަރަކުން ލޮއިކް ބާޑޭ ބޮލުން ޖެހި ގޯލެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ހުއްޓައި، ސެވިއްޔާގެ ތިން ވަނަ ގޯލު ޖެހީ ވެސް އެން ނެސީރީ އެވެ. މިއީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ހެދި ބޮޑު ގޯހެއްގެ ފައިދާނަަގައި އެން ނެސީީރީ ޖެހި ގޯލެކެވެ.

ޔޫރޮޕާ ލީގުގައި ރޭ ޔުވެންޓަސް އިން ވަނީ 1-1 އިން ސްޕޯޓިން ދަނޑުގައި އެއްވަރުކޮށް، ސެމީ ފައިނަލުގެ ޖާގަ ހޯދައިފަ އެވެ. އެގްރިގޭޓުން ޔުވެންޓަސް އަށް ކުރި ލިބެނީ 2-1 އިންނެވެ.

ސެމީގައި ރޯމާ އާއި ލެވަކޫސަން ބައްދަލުކުރާއިރު، ސެވިއްޔާ ކުޅޭނީ ޔުވެންޓަސްއާ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *