logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ފޮޓޯ: އޮލިވް ރިޑްލީ ޕްރޮޖެކްޓް

ރާއްޖޭގެ ފަރަކުން އެއް ޓަނަށް ވުރެ ބޮޑު ދާގަނޑެއް

ރާއްޖޭގެ ފަރަކުން އެއް ޓަނަށްވުރެ ބަރު ކަމަށް ލަފާ ކުރެވޭ ބޮޑު ދާގަނޑެއް ނުވަތަ (ގޯސްޓް ނެޓް) އެއް ނަގައިފިއެވެ.

މި ބޮޑު ދާގަނޑު ނަގާފައިވަނީ ޖޯލި މޯލްޑިވްސް ރިސޯޓުގެ ޓީމަކުން ކަމަށް ރާއްޖޭގެ ފަރުތަކާއި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) އިން ވަނީ ބުނެފައެވެ.

އޯއާރުޕީން ބުނީ ހަތް ގަޑިއިރުގެ މަސައްކަތުން ރާއްޖޭގެ ތިލަ ފަރަކުން އެ ދާގަނޑު ނަގާފައިވަނީ ފަތާފައި ފުން ހިސާބަކަށް ދާގަނޑު ގެންދިޔުމަށް ފަހު، ޓޯ ކޮށްގެން ރިސޯޓާ ހަމައަށް ގެނެސްގެންކަމަށެވެ.

ދާގަނޑު މޫދުން ނެގުމަށްފަހު އެ ދާގަނޑުން އެކިއެކި ސާމްޕަލް ނެގުމުގެ މަސައްކަތް ވަނީ ކޮށްފައި ކަމަށް އޯއާރުޕީން ބުންޏެވެ. އެކަމުގެ ސަބަބުން މޫދަށް ދޫވެފައިވާ އެކިއެކި ސާމާނު ނައްތާލުމަށް ކުރާ މަސައްކަތުގައި ކުރިއެރުން ލިބޭނޭ ކަމަށް އޯއާރުޕީން ވަޏީ ބުނެފައެވެ.

ރާއްޖޭގެ ސަރަހައްދަކުން މި ފަދަ ދާގަނޑެއް ފެނިއްޖެ ނަމަ އޯއާރުޕީގެ ވެބްސައިޓް މެދުވެރިކޮށް އެ ކަން ރިޕޯޓު ކޮށްދިނުމަށް ވެސް އެ ޖަމިއްޔާއިން ވަނި އެދިފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *