logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޕްރިމިއާ ލީގު: ސަލާހުގެ ގޯލުން މޮޅުވެ ގަދަ ހަތަރެއްގެ އުންމީދު ލިވަޕޫލުން ބޮޑުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ނޮޓިންހަމް ފޮރެސްޓް ވާދަކުރި މެޗް ލިވަޕޫލުން ކާމޮޔާބުކޮށް ގަދަ ހަތަރެއްގެ އުންމީދު އާކޮށްފިއެވެ.

މިމެޗް ލިވަޕޫލުން ކާމިޔާބުކުރީ 2-3 ލަނޑުންނެވެ. މެޗްގެ ހުރިހާ ގޯލެއްވެސް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. މެޗްގެ ފުރަތަމަ ގޯލް 2 ވަނަ ހާފް ފަށައިގެން 2 ވަނަ މިނެޓްގައި ޖަހައިދިނީ ޖޮޓާއެވެ. މިއީ ފަބީނިއޯ ތަނަވަސްކޮށްދިން ފުރުޞަތަކުން ޖޮޓާ ޖެހި ލަނޑެކެވެ. ނަމަވެސް އޭގެ 3 މިނެޓް ފަހުން 51 ވަނަ މިނެޓްގައި ފޮރެސްޓުން ނަތީޖާ ހަމަހަމަ ކުރިއެވެ. މި ގޯލް ޖެހީ ލިވަޕޫލް ދޫކޮށް ފޮރެސްޓަށް ބަދަލުވި ޑިފެންޑަރު ވިލިއަމްސްއެވެ. އޭގެ 4 މިނެޓްފަހުން އަނެއްކާވެސް ލިވަޕޫލަށް ކުރިހޯދައިދިނީ ފުރަތަމަ ގޯލްވެސް ޖެހި ޖޮޓާއެވެ. މިއީ ރޮބަޓްސަންގެ ހުރަހަކުން ޖޮޓާ ޖެހި ގޯލެކެވެ. ނޮޓިންހަމް ފޮރެސްޓުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިނީ 67 ވަނަ މިނެޓްގައި ގިބްސް ވައިޓެވެ. ނަމަވެސް އޭގެ 3 މިނެޓް ފަހުން މެޗްގެ 70 ވަނަ މިނެޓްގައި އާނޯލްޑް ނަގައިދިން ހުރަހަކުން މެޗުން ލިވަޕޫލަށް 3 ޕޮއިންޓް ހޯދައިދިނީ ސަލާހު ޖަހައިދިން ގޯލުންނެވެ.

މިނަތީޖާއާއު ލިވަޕޫލުންވަނީ ގަދަ ހަތަރަކާއި 6 ޕޮއިންޓް ގާތަށް ޖެހިލާފައެވެ. މިވަގުތު ލިވަޕޫލް އޮތީ 31 މެޗުން ލިބުނު 50 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ. ތާވަލްގެ 4 ވަނައިގައި އޮތް ނިއުކާސްޓަލް ޔުނައިޓެޑަށް ލިބިފައިވަނީ 56 ޕޮއިންޓެވެ. 51 ޕޮއިންޓާއެކު އެސްޓަން ވިލާ 5 ވަނައިގައި އޮތްއިރު 53 ޕޮއިންޓާއެކު ޓޮޓެމްހަމް އޮތީ 5 ވަނައިގައެވެ. ލީގުގެ 1 ވަނަގައި 5 ޕޮއިންޓްގެ ތަފާތުން އަދިވެސް އޮތީ އާސެނަލް އެވެ. އާސެނަލްއަށް 75 ޕޮއިންޓް ލިބިފައިވާއިރު 2 ވަނަގައި ސިޓީ އޮތީ 70 ޕޮއިންޓާއެކުގައެވެ. 3 ވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 59 ޕޮއިންޓެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *