logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024
އަމްރިތް ޕާލް ސިންގް ހައްޔަރުކުރިކަން ފުލުހުން ވަނީ އިއުލާންކޮށްފައި

އެންމެ ފަހުން އަމްރިތްޕާލް ސިންގް ހައްޔަރުކޮށްފި

ސިކުންގެ މިނިވަން ކަމަށް ވަކާލާތުކޮށް އަޑު އުފުލަމުންދާ އަމްރިތުޕާލް ސިންގް ހައްޔަރުކޮށްފިއެވެ.

ފުލުހުން އޭނާ ހޯދަމުން އައި "ހާލިސްތާން" ހަރަކާތަށް ތާއިދުކުރާ ކަމުގެ ތުހުމަތުގައެވެ.  ހާލިސްތާން ހަރަކާތަކީ ޕަންޖާބު ސަރަޙައްދުގައި ސިޔާދަތީ ދައުލަތެއް އުފައްދައި، ސިކުންނަށް އަމިއްލަ ވަޒަނެއް އުފައްދަން މަސައްކަތްކުރާ ވަކިވެގަތުމުގެ ހަރަކާތެކެވެ.

އަމްރިތްޕާލް އާއި އޭނާގެ ސަޕޯޓަރުންގެ މައްޗަށް ވަނީ ފުލުހުން މަރާލަން އުޅުމާއި ހަމަލާދިން ކަމުގެ ތުހުމަތުކޮށްފައެވެ.

އުމުރުން 30 އަހަރުގެ އަމްރިތްޕާލް ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ފިލައިގެން އުޅޭތާ މަހެއްހާ ދުވަސް ފަހުންނެވެ. ޕަންޖާބު ފުލުހުންގެ އޮފިޝަލުން ޓްވިޓާގައި ވަނީ އޭނާ ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ.

ޕަންޖާބުގެ މޮގާ ޑިސްޓްރިކްޓްގެ ރޯޑޭ ވިލެޖުން ސިންގް ހައްޔަރުކޮށްފައިވާއިރު، އޭނާ ބަންދުކޮށްފައި ވަނީ ނޭޝަނަލް ސެކިއުރިޓީ އެކްޓް (އެންއެސްއޭ) ގެ ދަށުން އެއް އަހަރު ވަންދެން އެއްވެސް ދައުވާއަކާ ނުލައި މީހުން ބަންދުގައި ބެހެއްޓޭނެ ގޮތަށެވެ.

އޭނާ ގެންދިއުމަށް ހަމަޖެހިފައިވަނީ އާސާމް ސްޓޭޓްގެ ހައި ސެކިއުރިޓީ ޑިބްރޫގަރް ޖަލަށެވެ. އެތަނުގައި އޭނާގެ ބައެއް ސަޕޯޓަރުން ވެސް ބައިތިއްބާފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *