logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކުނި އެޅުމަށް ހާއްސަ ކޮތަޅުތަކެއް ވެމްކޯއިން ވިއްކަން ނިންމައިފި

ކުނި އެޅުމަށް ހާއްސަ ކޮތަޅު ތަކެއް ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން ( ވެމްކޯ )އިން ވިއްކަން ނިންމައިފިއެވެ.

ވެމްކޯ އިން ކުރި އިއުލާނެއްގައި ބުނީ، ކުނި މެނޭޖްކުރުމުގެ ގާނޫނުގައިވާ ވާ ގޮތަށް، ކުނި އެޅުމަށް ހާއްސަ ކޮތަޅު (ބިންލައިނާ) ވިއްކަން މި ހަފްތާގެ ބުރާސްފަތި ދުވަހު ފަށާނެ ކަމަށެވެ.

އިއުލާނުގައި ބުނެފައިވަނީ، އެ ކޮތަޅުތައް ވިއްކާނެ އަގުތައް މި ހަފުތާގައި ހާމަކުރާނެ ކަމަށާއި، މި ކޮތަޅުތައް ލިބެން ހުންނާނީ ވެމްކޯ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ފްރޮންޓް އޮފީސްތަކުން ކަމަށެވެ.

ވެމްކޯއިން ވަނީ ތިން ސައިޒެއްގެ ކޮތަޅު ވިއްކަން ނިންމައިފަ އެވެ. އެއީ 17″11 ގެ ކޮތަޅާއި 27″18ގެ ކޮތަޅާއި 36″48 ސައިޒުގެ ކޮތަޅެވެ. މި ކޮތަޅުތަކުގެ ތެރެއިން ނެތިފަނާވެދާ ކުނި ބަންދުކުރާނީ ފެހިކުލައިގެ ކޮތަޅުގައި ކަމަށާއި އެހެނިހެން ކުނި ބަންދުކުރާނީ ކަޅު ކުލައިގެން ކޮތަޅުގައި ކަމަށް ވެމްކޯގެ އިއުލާނުގައި ބުނެފައިވެއެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވަނީ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ފަށައިފަ އެވެ. އެހެން ކަމުން ވެމްކޯއިން ތައާރަފްކުރާ ކޮތަޅު ހަމައެކަނި ކުނި އުކުމަށް ބޭނުންކުރަން ވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިޔަ އުޅުއްވަނީ އިޚްލާސްތެރި ކަމާއިއެކު ޕްލާސްޓިކް މަދު ކުރަން ކަމުގައިވާނަމަ، އެންމެ ފުރަތަމަ ހުޅުމާލޭގައި މި ހިންގާ ފެކްޓަރީތަކުގައި އަދަދެއް، ބޯތުނިމިނެއް، ސައިޒެއް ބެލުމެއްނެތި، ހަދަމުން މުޅި ރާއްޖޭގެ ބާޒާރަށް ނެރެމުން މިދާ ކޮތަޅުތައް ހުއްޓުވާށެވެ. ރެޑީމޭޑް ކޮތަޅު އިމްޕޯރޓް ކުރާއިރު 400 ޕަރސަންޓް ޑިޔުޓީ ނަގާއިރު މިފެކްޓަރީ ތަކުން ރޯމެޓީރިއަލް އެތެރެ ކުރަނީ އެންމެ 25 ޕަސަންޓް ޑިޔުޓީ ދީގެންނެވެ. އަދި މިފެކްޓަރީ ތަކުގައި ހެދޭ ކޮތަޅުގެ ބޯމިން ނުވަތަ ސައިޒް ބަލާނެ އެއްވެސް ފަރާތެއް ނެތެވެ. އަދި ބެލޭނެގޮތެއްވެސް ނެތެވެ. ކޮންމެ ފެކްޓަރީއެއް މިހުންނަނީ އިންޑަސްޓްރިއަލް ޒޯންގައި ބަޑޭރި ކޮއްޓަށްވުރެން ސެކިޔުރިޓީ ވަރުގަދަ ކޮއްފައެވެ. އެއްވެސް ދިވެއްސަކަށް މިއިން ތަނަކަށް ނުވަދެވޭނެއެވެ. ލީސާ މޯލްޑިވްސްގެ ދިވެހި މުވައްޒިފުން ކޮތަޅު ޑިލުވަރީއަށް އަޔަސް ތިބެން ޖެހޭނީ ބޭރު ބައިގައެވެ. މެޝިންތައް ހުންނަ ބަޔަކަށް ނުވަދެވޭނެއެވެ. ކަސްޓަމަށް ކޮތަޅުގެ ބޯމިން ބަލާ މެސިން އީޕީއޭ އިން ދިނަސް އޭގެ ބޭނުމެއް ކުރާކަށް ނުޖެހޭނެއެވެ. މިއީ މާ ދުރާލާ ރާވައިގެން ކޮތަޅު އިމްޕޯރޓް ކުރިޔަނުދީ މިމިހުން ވަކި ބަޔަކަށް މިވިޔަފާރި ދިނުމަށް ހިންގާފައިވާ ޖަރީމާއެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *