logo minivan

English

ހޯމަ, 02 ޑިސެމްބަރ 2024

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ދެކުނުގެ އަތޮޅަކުން އުމުރުން 11 އަަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ އަތޮޅެއްގެ ރަށަކުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ ރޭ 23:02 ކަންހާއިރު ކަމަށެވެ.

މިމައްސަލަ އާއި ގުޅިގެން 63 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ދަނީ ބަލާ ތަހުގީގު ކުރަމުން ކަމަށެވެ.

ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ އަތޮޅުތަކަކީ،  ގއ.އަތޮޅާއި ގދ އަތޮޅާއި، އައްޑު ސިޓީގެ އިތުރުން ފުވައްމުލަކު އަތޮޅެވެ.

ފަހުގެ މައުލޫމާތު:

މި މައްސަލައާއި ގުޅިގެން 25 އަހަރުގެ މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *