އުރުދުންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު އިޒްރޭލުގައި ހައްޔަރުކޮށްފިއެވެ.
އުރުދުންގެ ހާރިޖީ ވުޒާރާއިން އާދިއްތަ ދުވަހު ބުނީ އުރުދުންގެ ޕާލަމެންޓް މެމްބަރެއް ކަމަށްވާ އިމާދު އަލް އަދްވާން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހިފަހައްޓާފައިވަނީ ހުޅަނގު އައްސޭރިއަށް ހަތިޔާރާއި ރަން އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ހާރިޖީ ވުޒާރާގެ ތަރުޖަމާނު ސިނާން މަޖާލީ ދުވަހު ދައުލަތުގެ މީޑިއާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން އޭނާ ހިފަހައްޓައި ސުވާލު ކުރަމުންދާ ކަމަށެވެ.
ހާރިޖީ ވުޒާރާ އާއި ކަމާބެހޭ އިދާރާތަކުން ދަނީ އެކަމުގެ ތަފްސީލް އެއްކޮށް މިމައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭނާ ހައްޔަރުކުރުމާ ގުޅޭ ގޮތުން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އުރުދުންގެ ގާނޫނު ހަދާ މަޖިލީހުގެ ފަލަސްތީނު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އަލް އަދްވާން ހައްޔަރުކުރީ ކިންގް ހުސައިން ބްރިޖް ބޯޑަރު ހުރަސްކުރާ ސަރަހައްދުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އުރުދުންގެ ރައްޔިތުންގެ ކަރާމާތް ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އުރުދުންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ހަލީލް އާތިޔާ ވަނީ ގޮވާލައްވާފައެވެ.
އިސްރާއީލާއި އުރުދުންއާ ދެމެދު ގާތް ގުޅުމެއް އޮންނައިރު، ފަލަސްތީނުގެ ދައުލަތާ މެދު އިސްރާއީލުން ގެންގުޅޭ ސިޔާސަތާ ގުޅިގެން ސިޔާސީ ގުޅުން މިފަހަކަށް އައިސް ވަނީ ގުޅުން ވަނީ ހީނަރުވެފައެވެ.