logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

އަލިފުށި އެއާރޕޯޓްގެ ބައެއް އިމާރާތްތަކުގެ ފުރަތަމަ މަރުހަލާ ނިމިއްޖެ

ރ. އަލިފުށީގައި ކުރިޔަށް ގެންދާ ބިން ހިއްކުމާއި އެއަރޕޯރޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއާރޕޯޓު ޓާރމިނަލް އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް ނިމި، މިހާރު ކުރިއަށްދަނީ އަލިﷲާން ނިއްވާ އިމާރާތުގެ ފުރާޅުގެ މަސައްކަތް ކަމުގައި އެމްޓީސީސީއިން ބުނެފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިހާރު ކުރިއަށްދަނީ އަލިފާން ނިއްވާ އިމާރާތުގެ ރޫފިން މަސައްކަތްތައް ކަމަށެވެ.

މިމަޝްރޫއަކީ 426.05 މިލިއަން ރުފިޔާގެ މަޝްރޫއަކަށްވާއިރު، މި މަޝްރޫއުގެ ދަށުން 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން ހިމެނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *