logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

މާލެ ސިޓީ ކައުންސިލުން ޒަމާނީ މާރުކޭޓެއް އަޅަނީ

މާލެ ސިޓީ ކައުންސިލުން މަސް މާރުކޭޓު އަދި ލޯކަލް މާރުކޭޓް ސަރަހައްދުގައި ޒަމާނީ މާރުކޭޓެއް އަޅަން ތައްޔާރުވަމުން އަންނަ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މާރުކޭޓުގެ ސަބަބުން މާރުކޭޓު ސަރަހައްދަށް ބޮޑު ލުޔެއް ލިބޭނެ ކަމަށާއި އެ ޕްރޮޖެކްޓް ނިމިގެންދާއިރު ދަތުރުވެރިންގެ މާރުކޭޓު، ލޯކަލް މާރުކޭޓު އަދި މަސްމާރުކޭޓު މި ތިން ތަން އެއް އިމާރާތަކަށް އަންނާނެ ކަމަށް މީިޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވިއެވެ. އަދި އަލަށް ހަދާ މާރުކޭޓު އަޅާނީ މިހާރު ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ކަމަށާއި އެތަނަށް ދާ އެންމެންގެ ޕާކިން މައްސަލަވެސް އެތަނުން ހައްލުވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"މި އައު މާރުކޭޓުގެ އެތެރޭގައި އަޅުގަނޑުމެން ޕާރކިން ފްލޯއެއްވެސް ހަދާނެ. އެހެންވީމާ މުޅި ސަރަހައްދަށް ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމެއް މިއީ އިނގޭތޯ" މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ މީގެ އިތުރުން ވެސް މާލޭގެ ތަރައްގީއަށް ވަރަށް ގިނަ ޕްލޭންތައް ދަނީ ހެދެމުން ކަމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *