logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޕީޕީއެމް ލީޑަރޝިޕްގެ ސަބަބުން ޕީޕީއެމް ލީގަލް ޓީމުގެ ތެރޭގައި ބޮޑު މައްސަލަ ގަނޑެއް!

ޕީ.ޕީ.އެމް ލީޑަރޝިޕްގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މިނިމުނު ދައުރުގެ ހޯރަފުށީ ދާއިރާގެ މެމްބަރ މުޙައްމަދު އިސްމާޢީލްގެ ނަމުގައި ހިންގަމުން އަންނަ ޓިކްޓޮކް އެކައުންޓެއްގައި އަޕްލޯޑްކޮށްފައިވާ ވީޑިއޯއެއްގެ ސަބަބުން ޕީ.ޕީ.އެމް ލީގަލް ޓީމުގެ ތެރޭގައި މައްސަލަ ޖެހި ބައިބައިވެއްޖެއެވެ.

މިނިިވަން ނޫޙުން ބެލި ބެލުމުން އެވީޑިއޯއަކީ ޕީ.ޕީ.އެމް ލީގަލް ޓީމުގައި ހިމެނޭ ޤާނޫނީ ވަކީލު މުޙައްމަދު ރާޣިބު އަޙްމަދު މުޒާހަރާއެއްގެ ތެރޭން ހައްޔަރުކުރުމަށްފަހު ދޫކޮށްލުމުން، ފުލުހުންގެ ޢާއިލާތައް އުޅޭ ތަން ބެލުމަށާއި، ފުލުހުން އަވީލާން ބުނެ ރެކޯޑުކޮށްފައިވާ ވީޑިއޯއެއް އާންމު ކުރިއެވެ. އެވީޑިއޯގެ މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަޙްޤީޤު ކުރަމުން އަންނައިރު، މުޙައްމަދު ރާޣިބު އަޙްމަދުގެ ވޮއިސް އެނާލިސިސް ހެދުމަށްޓަކައި ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއް މުޙައްމަދު ރާޣިބު އަޙްމަދުގެ ފަރާތުންވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެމައްސަލާގެ އަޑުހުމެއް  ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވިއިރު، އޭގެ ރެކޯޑިންގ މިހާރު ހައިކޯޓުގެ ވެބްސައިޓުގައިވަނީ އަޕްލޯޑުކޮށްފައެވެ.

މުޙައްމަދު ރާޣިބު އަޙްމަދަކީ ދިގު މުއްދަތެއް ވަންދެން ފަނޑިޔާރުކަން ކޮށްފައިވާ ތަޖުރިބާކާރު ޤާނޫނީ ވަކީލެކެވެ. ޕީ.ޕީ.އެމްގެ ޤާނޫނީ ވަކީލުންކުރާ ބުރަ މަސައްކަތް އެޕާޓީގެ ލީޑަރޝިޕުން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަމަށް ޕީޕީއެމްގެ ވަކީލުން ބުނެެެވެ. ފުލުހުން ތަޙްޤީޤުކުރަމުން އަންނަ އެމައްސަލައަކީވެސް ސީދާ ޕީ.ޕީ.އެމް.ގެ ޤާނޫނީ ވަކީލުންނަށް ޓާގެޓްކޮށް ޖެއްސުންކުރުމަށްޓަކައި ޕާޓީގެ ލީޑަރޝިޕުގެ މެމްބަރަކު ކޮށްފައިވާ ޢަމަލެއްކަމުގައި ބެލެވޭއިރު، އެވީޑިއޯ އަދިވެސް މުޙައްމަދު އިސްމާޢީލްގެ ޓިކްޓޮކް އެކައުންޓްގައި އަޕްލޯޑްކޮށްފައި އެބަހުއްޓެވެ.

މީގެ ކުރީގައިވެސް ޕީ.ޕީ.އެމްގެ ލީގަލް ޓީމުގެ ހެޑް މުޙައްމަދު ރާޣިބު އަޙްމަދު އާއި ހަރަކާތު ކޮމިޓީގެ ރައީސް މުޙައްމަދު އިސްމާޢީލްއާ ދެމެދު ޕާޓީގެ ކައުންސިލް އިންތިޚާބުގެ ނަތީޖާ މައްސަލާގައިވެސްވަނީ މައްސަލަ ޖެހި ޒުވާބުވެސް ކޮށްފައެވެ. މައުލޫމާތު ލިބޭގޮތުން ޕީ.ޕީ.އެމް ކައުންސިލް އިންތިޚާބުގައިވެސް އެއްވެސް ޤާނޫނީ ވަކީލަކު ޕީ.ޕީ.އެމް ކައުންސިލްގައި ބައިވެރިނުކުރުމަށް އެޕާޓީގެ ލީޑަރޝިޕްގެ ބައެއް މެމްބަރުން ކެމްޕެއިންވެސް ކުރިއެވެ. ޕާޓީގެ ލީޑަރޝިޕުން ޕީ.ޕީ.އެމްގެ ޤާނޫނީ ވަކީލުންގެ ބުރަ މަސައްކަތުގެ އަގު ވަޒަން ނުކުރާއިރު، އެޕާޓީއާމެދު ގިނަ ޢަދަދެއްގެ ވަކީލުން މާޔޫސްވެފައިވާކަން ހާމަވެގެންދެއެވެ.

ރައީސް ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލާގައި ކޮށްފައިވަނީ ޙަރާމް ޙުކުމެއްކަމުގައި ބުނެ، ކޮންމެ ރެއަކު މުޒާހަރާގެ ނަމުގައި އެއްވުންތައް ރާވައި ބޭއްވުމަށްފަހު، ޕީ.ޕީ.އެމްގެ ލީޑަރޝިޕް މެމްބަރުން ފިލައިގެންދާ މައްސަލަވަނީ މިހާރުވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެކަން، ޕާޓީގެ ޢާންމު މެމްބަރުންގެ ސަމާލުކަމަށްވަނީ އައިސްފައެވެ. ރިޔާސީ ޓިކެޓްގެ ވާދަވެރިކަމުގެ ތެރޭގައި އެޕާޓީގެ ތެރޭގައި ބައިބައިވުން އުފެދި ސީރިޔަސް މައްސަލަތަކެއް އެޕާޓީން ތަޙްޤީޤުކޮށް ބަލަމުން އަންނަކަން ދާދި ފަހުންވަނީ އެނގިގޮސްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *