logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކޮތަޅުން އަގުނަގަނީ ދައުލަތަށް އާމްދަނީ ހޯދާކަށްނޫން: ޝައުނާ

ޕްލާސްޓިކް ކޮތަޅުން އަގު ނަގަން  ފެށީ ދަޢުލަތަށް ޢާމްދަނީއެއް ހޯދުމަށް ނޫންކަމަށާއި، ކޮތަޅު ބޭނުންކުރާ ނިސްބަތް ދަށްވުމުން އެ ޢާމްދަނީ ސުމަކަށްދާނެކަމަށް  އެންވަޔަރަމަންޓް މިނިސްތްރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ މިހެން ވިދާޅުވީ، ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށުމުން ބޮޑުވެފައިވާ މައްސަލައާ ގުޅިގެން ކުރެއްވި ޓްވީޓްތަކެއްގެ ތެރެއިން ޓްވީޓެއްގައެވެ.

މިނިސްތަރު ޝައުނާ ވިދާޅުވީ، ކޮތަޅުން އަގުނަގަން ފެށީ ކޮތަޅު ބޭނުންކުރުން ހުއްޓުވާ، އެނޫންގޮތެއް ހޯދުމުގެ ބޭނުމުގައިކަމަށެވެ. އަދި މިނިސްތަރު ވަނީ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމާއި ގުޅޭގޮތުން ވެސް ޓްވީޓްތަކެއް ކުރައްވާފައެވެ.

ޝައުނާ ވިދަޅުވީ އެއްވެސް މީހަކު އާ ޓެކްސްއެއް ދައްކަން ބޭނުން ނުވާނެ ކަމަށާއި އެހެން ނަމަވެސް ޕްލާސްޓިކުން ލިބޭ ގެއްލުން ހުއްޓުވަން ޖެހޭކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކޮތަޅުން ފީނަގަނީ ދައުލަތަށް އާމުދަނީ ހޯދާކަށްނޫން، ދެން އެހެންވިއްޔާ، އާމުރައިއްޔަތުންނަށް ބަލާ ޖައްސަންތޯ ނޫނީ މިހާރު ތިބިހާލަތަށްވުރެވެސް އާއްމުން ފަގީރު ހާލަތަށް ވައްޓާލަންތޯ، ނޫނީ ރިޔާސީ އިންތިޚާބު އަންނަން ވާއިރަށް ރައީ އިބުރާހިމްގެ އަޅުންނަށް ރައިއްޔަތުން ހަދާ އިންޑިއާއިންދޭ ކޮރަޕުޓު ފައިސާގަނޑަށް ރައިއްޔަތުން ގަނެލައިގެން ވޯޓު ހޯދަންތޯ، ނޫނީ އިންތިޚާބުގެ މަރުކަޒުގަ ތިބޭ ވޮޓުންތައް ގަނެލަންތޯ، ނޫނީ އީސީއަށް ވަގުފައިސާ އަޅައިގެން، އީސީ ގަނެލަންތޯ.؟؟ މީހައްތަހާ ވެސް ސުވާލު.

  2. ދެންކޮންކަމެއްވެގެން. އެހެންވިއްޔާއެތެރެ ނުކުރަންވިނު.މިހާރު ކިރިޔާއުޅެވޭވަރަށްވުރެ ބޮޑަށް ނޭވާލާނވެސް.ކންތަށްބޮޑުވެ ލާކޮމްމެނޭވާއަކަޒް އަގުނަގަޒް ފަށާފާނެތީ އިންތިހާބުގާތްވި ގާތްވިހެން.އަޅާ.ފިޔަވަޅަށްދާންދެންލާރިނަގާނެ ބޮޑުކަމެއް

  3. ޕްލާސްޓިކް ނޫންގޮތެއް ހޯދަން ހަގީގަތުގައި ބޭނުންވާނަމަ، އެންމެ ފުރަތަމަ ލީސާ މޯލްޑިވްސް އިން ހުޅުމާލޭގައި ހުއްދަނެތި 20/30 މެޝިން ބަހައްޓައިގެން ފިލާތިބެ ހިންގާ ކޮތަޅު ފެކްޓަރީތައް ހުއްޓުވަން ޖެހެއެވެ. ހުޅުމާލޭގެ ޢިންޑަސްޓްރިއަލް ޒޯނުގައި ފެކްޓަރީތައް އެހުންނަނީ ބަޑޭރިކޮށިހެން އެކަކަށްވެސް ނުވަދެވޭނެހެން ބަންދު ކުރެވިފައެވެ. މެޝިންތައް ހިންގަން ތިބޭ ލަންކާ މުވައްޒިފުންނަށް ނޫން މީހަކަށް އެތަނުގެ އެތެރެވެސް ނުފެންނާނެއެވެ. އިޕީއޭ ޢިން ރާއްޖޭން ބޭރުން ކޮތަޅު އެތެރެކުރެވޭނެ ހުރިހާ މަގެއް ބަންދުކުރީ މިމިހުންނަށް މިވިޔަފާރި މޮނޮޕޮލައިޒް ކޮށްދޭށެވެ. އެންމެ ފުރަތަމަ ހުއްޓުވީ ތާއްޖޭން ބޭރުން ގެނައި ބައޮޑިހްރޭޑަބްލް ކޮތަޅެވެ. އެގޮތުން އޭގެ ގަވާއިދު ޙެދީ ހަމައެކަނި ކެވޭ މާއްދާއަކުން ނޫނީ އެކޮތަޅު ގަބޫލު ނުކުރާނެކަމަށް ބަދަލު ކުރި ގަވާއިދުންނެވެ. ދެން ހެދި ގޮތަކީ ކޮތަޅުގެ ޑިޔުޓީ 400 ޕަސަންޓަށް ބޮޑު ކުރީއެވެ. ދެން ހެދި ގޮތަކީ ވަކި ސައިޒެއް ނޫނީ ވަކި ބޯމިނެއްގެ ކޮތަޅު އެތެރެކުރުން މަނާކުރީއެވެ. މިހުރިހާކަމެއް ހިނގަމުން ދިޔައިރު މިފެކްޓަރީތައް ހުންނަކަންވެސް އީޕީއޭ އަކަށް ނޭގެއެވެ. އެކަމަކުޥެސް ރާއްޖޭގެ ގާނޫނުގައި ލައްކައަކަށް ޥުރެން އަގުބޮޑު ފެކްޓަރީއެއް ވިއްޔާ ހެދޭނީ އީޕީއޭ އިން އީއައިއޭ ފާސްކޮއްގެން ކަމުގައި އޮވެއެވެ. މިއީ ނައީމުމެންނަށް ބައި ޢަޅައިގެން ހިންގާތަންތަނެވެ.

  4. ލާރިހޯދަން ބޭނުންވީމަ ކޮތަޅު އެތެރެކުރުން ނުހުއްޓުވާ 2 ރުފިޔާ ހޯދަން އުޅޭނީ. ސިގިރެޓުންވެސް ހެސްކިޔާފަ ލާރިނަގަނީ ދުންފަތުން ސަލާމަތް ކުރާށޯ. އެކަމަކު ދުންފަތުގެ ނުރައްކަލާބެހޭ ހޭލުންތެރިކަން އިތުރުކޮށް ޒުވާނުން މިކަން ނުފެށުމަށް ބާރުއަޅާ އެއްވެސް ކަމެއް އެބަ ކުރޭތޯ.

  5. ދެން ކީއްކުރަން.ރައްޔިތުން ފެލައިގެން ގައުމު ހިންގަން.ތިކަހަލަ މީހުން ޕަކަޅޯ ކުރަން ރުފިޔާ ހޯދަން.ލއޗ މރ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *