logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިންމާލައިފި

ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

އެ މަޝްރޫއުއަކީ 28.90 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށް އެމްޓީސީސީ އިން މިއަދު ކުރި ޓްވީޓެއްފައި ބުނެފައިވެއެވެ.

ބޮޑު އާބަދީއެއް އޮންނަ ރަށެއްގައި މަގުތައް ރަނގަޅު ފެންވަރެއްގައި ހެދިފައި ނެތުމުން އެރަށުގެ ރައްޔިތުންނާއި އަދި ރަށަށް ޗުއްޓީ ހޭދަކުރަންށާއި އެހެނިހެން ބޭނުންތަކަށް އަންނަ ފަރާތްތައް ކުރަމުން އަންނަ ޝަކުވާތަކަށް ލުޔެއް ވަނީ ގެނެސްދީފައެވެ.

އެރަށުގެ މަގުތަކާއި މެދު ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ލިބި މަގު ފެންބޮޑުވުމުންނާއި، ޗަކަވުމުންނާއި، އަޑިގުޑަންވުމާއި، ހިރަފުސްވުމުން ލިބެމުންދިޔަ ދަތި އުނދަގުލަށް ހައްލު ގެނެވިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ އެ މަޝްރުއުގެ ދަށުން 44،296 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، 18،871 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް އާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް އާއިމުކުރުމާއި، ސަރވިސް ލައިން އެޅުމާއި، ޑްރެއިނޭޖެއް ބެހެއްޓުމާއި، 20،774 މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނިގެން ދިޔަ ކަމަށެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *