logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 1.040 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، މި ތަކެތި އަތުލަިގެންފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ކުރިއަރ ސަރވިސް މެދުވެރިކޮށް، އިނގިރޭސީ ވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައަކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތަށް ބަލާ ފާސްކުރެވުނު ޕެކޭޖްގެ ތެރޭގައި ހުރި ހަތަރު ޕެކެޓް އެއްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައ ޓެސްޓް ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށްވަނީ ޕޮޒިޓިވް ވެފައި ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން ބުނީ،  އެތަކެތީގެ ބަރުދަނުގައި ޕެކިން އާއެކު ޖުމްލަ 1040 ގުރާމް ހުރި އިރު، އެ ތަކެތީގެ މަގުމަތީ އަގަކީ 1.8 މިލިއަން ދިވެހި ރުފިޔާ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށަޓަކައި އަތުލައިގަނެވުނު މަސްތުވާ ތަކެތި މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ހަވާލު ކޮށްފައި ކަމށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *