logo minivan

English

އާދިއްތަ, 13 އޮކްޓޯބަރ 2024

މޫސުން ގޯސްވެ، ހަތް ސަރަހައްދަކަށް ޔެލޯ އެލާރޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ހަތް ސަރަހައްދަކަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން) ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 8:05 އިން ފެށިގެން މެންދަމު 1:00 ގެ ނިޔަލަށް ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށެވެ.

މެޓް އޮފީހުން ބުނާގޮތުގައި ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބާރަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މާދަމާ ހެނދުނު 6:00 އާއި ހަމައަށް ދެކުނުގެ އެކި ހިސާބުތަކަށް ވެސް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ، އާންމުކޮށް ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

މެދު ރާއްޖެ ތެރޭގެ ބައެއް ސަރަހައްދު ތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެ ކަމަށާއި އުތުރުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *