logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ބުޗާ ދޮންމަނިކު އަވަހާރަވެއްޖެ

ދިވެހި ދައުލަތަށް 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މ. އޯޝަން ރީޑު އާދަމް މޫސާ (ބުޗާގޭ ދޮންމަނިކު) އުމުރުފުޅުން 91 އަހަރުގައި އަވަހާރަވެއްޖެ އެވެ.

ފިލްމް ސެންސަރު ބޯޑުގެ ކުރީގެ ޗެއާމަންގެ ގޮތުން ގިނަބަޔު ދަންނަ  ބުޗާ ދޮންމަނިކު އަވަހާރަވީ ވެއަތުވެދިޔަ އަށް އަހަރު ދިރިއުޅުއްވަމުން ގެންދެވި އޮސްޓްރޭލިއާގައެވެ.
އެމަނިކުފާނަކީ ، ކުރީގެ ޑިފެންސް މިނިސްޓަރުކަމުގެ އިތުރުން ދައުލަތުގެ މުހިންމު އެކިއެކި މަގާމުތައް ފުރުއްވި ބޭފުޅެކެވެ.

ދޮންމަނިކު ވަނީ މަހްކަމަތުލް އަމަންއާންމުގެ ސެކްރެޓަރީކަމާއި ތަހުގީގު ކޮމިޓީގެ ސެކްރެޓަރީކަމާއި ވުޒާރަތުއް ދާހިލިއްޔާގެ ހާއްސަ ވަކީލުކަމާއި ޕަބްލިކް މެއިންޓެނަންސް ޑިވިޝަންގެ ވަކީލްކަމާއި ޕޯސްޓް މާސްޓަ ކަމުގެ މަގާމާއި ކޮންޓްރޯލާ އޮފް ކޮމިއުނިކަބްލް ޑިޒީޒަސް ޑިވިޝަންގެ ވަކީލް ކަމުގެ މަގާމާއި މެރިން ޑިވިޝަންގެ ވަކީލުކަން ވެސް އަދާކުރައްވައިފަ އެވެ. މީގެ އިތުރުން ރ. އަތޮޅުގެ އަތޮޅުވެރިކަން ވެސް އޭނާ ކުރެއްވި އެވެ.

އޭނާ އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވީ އޭނާ އެންމެ ފަހުން އަދާކުރެއްވި ފިލްމު ސެންސަރު ބޯޑުގެ ޗެއާމަންކަމުގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މާޗް 25، 1980 ގަ އެވެ. ދެވަނަ ޕެންޝަން ލިބިވަޑައިގެންނެވީ ވެސް އެމަގާމުގައި ހުންނަވަނިކޮށެވެ.

ދޮން މަނިކު އަވަހާރަވިއިރު، ތިން ކައިވެއްޏަކަށް 22 ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އޭނާގެ ބޭފުޅުންގެ ތެރޭގައި ކުރީގެ މިނިސްޓަރު އިރުތިޝާމް އާދަމް އާއި ޑރ. އިކްލީލް ޝަރީފު ގެ އިތުރުން އެންވައަރަމަންޓް މިނިސްޓްރީގެ އިސްމަގާމެއްގައި އުޅުއްވާ އަމްރު އާދަމްއާއި އެނޫންވެސް ގިނަ އިލްމީ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އަވަހާރަވިއިރު، ދުނިޔޭގައި ހުންނެވީ އެންމެ އަނބިކަނބަލެކެވެ. އަދި ސައުވީސް ކާފަ ދަރިންނާއި ހަތަރު މުނިކާފަ ދަރިން އެބަ ތިއްބެވި އެވެ.

ދޮންމަނިކަކީ، ވަރަށް ހިތްހެޔޮ އޯގާތެރި ބޭފުޅެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *