ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ޔޫތު މިނިސްޓްރީއަށް ބޮޑު ބިމެއް ދީފި އެވެ.
އިއްޔެ އާބަންކޯއިން ބުނީ، އެބިމަކީ އެކިއެކި ކުޅުވަރު ކުޅުމުގެ އިންތިޒާމް ހަމަޖެއްސުމަށް ޔޫތުމިނިސްޓްރީއަށް ދިން ބިމެއްކަމުގަ އެވެ.
އެބިމުގެ ބޮޑުމިނަކީ 54،307.32 އަކަފޫޓޭވެ.
We believe in investing in our community and that’s why, today we have signed an agreement with the @MoYSCEmv for the development of lands purposed towards recreational usage.#WithUrbanco#urbancomv pic.twitter.com/FMhG3nwZBm
— Urbanco (@hdcmaldives) April 24, 2023
އާބަންކ އިން ޔޫތުމިނިސްޓްރީއާ ބިން ހަވާލުކުރުމަށް އިއްޔެ އާބަންކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު މަހުލޫފެވެ. އަދި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ.