ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން ވ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް، މެޓު އޮފީހުން މިއަދު ރީނދޫ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ މިސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެތީ، މިއަދުގެ 10:15 އާއި 2:00 އާއި ދެމެދު ރީނދޫ އެލާާޓް ނެރެފައިވާކަމުގައެވެ. އަދި އެސަރަހަށްދަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
Alert yellow for torrential rain and severe thunderstorms pic.twitter.com/7e8k5bCU6D
— Maldives Meteorology (@MetMaldives) April 26, 2023
މީގެ އިތުރުން ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އަދި ލ. އިން ފެށިގެން އައްޑޫއާ ހަމައަށް ހުދުއެލާޓް ވެސް ނެރެފައިވެއެވެ.