logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރ. ހުޅުދުއްފާރުގައި މިއަދު ވާހަކަފުޅުދައްކަވަނީ. އެމަނިކުފާނު ވިދާޅުވީ އިއްތިހާދު ހަދަން ޖެހޭނީ ދެވަނަ ބުރުގައި ކަމަށް.

ހަސަން ކުރުސީ ހޯދަން ތަހުގީގުކުރަން ފަށައިފި

"ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުގެ އަސްލު ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހަށް ހުށަހެޅުއްވި މައްސަލަ ތަހުގީކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާކަމަށެވެ.

ކުރުސީގެ މައްސަލަ ރައީސް ނަޝީދު ފުލުހަށް ހުށަހަޅާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

ރައީސް ނަޝީދު އެމައްސަލަ ފުލުހަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ، ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން އޮޅުންއަރާކަމުގައެވެ.

ކުރުސީގެ ނަމުގައި ޓްވިޓާގައި އެކައުންޓެއް ހިންގަމުންދަނީ އެމަނިކުފާނު ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

"ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ އަޅުގަޑުގެ އެކައުންޓެއް ކަމަށް ބައެއް ފަރާތް ތަކަށް ހީކުރެވި އެތަކެއް އޮޅުން އަރާ އެކަމުގެ ސަބަބުން އަޅުގަޑަށް އިންތިހާއަށް ގެއްލުން ލިބެމުން އެބަދޭ،" ނަޝީދުގެ ސިޓީގައިވެ އެވެ.

"ހަސަން ކުރުސީ" ޓްވިޓާ އެކައުންޓުގެ އަސްލު ހޯދަން ނަޝީދު ފުލުހަށް

"ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ ޓްވިޓާއިން ވެރިފައިކޮށްފައިވާ އެކައުންޓެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *