logo minivan

English

ހޯމަ, 04 ނޮވެމްބަރ 2024

މަޑިފުށީ ސުކޫލުގެ ބެލެނިވެރިން މުޒާހަރާ ކުރަނީ

ތ. މަޑިފުށީ ސުކޫލުގެ ބެލެނިވެރިން މުޒާހަރާ ކުރަންފަށައިފިއެވެ.

މަޑިފުށީ ކައުންސިލްގެ ރައީސް ނަބީތް 'މިނިވަން' އަށް ވިދާޅުވީ، އެރަށު ސްކޫލުގެ ބެލެނިވެރިން މުޒާހަރާ ކުރަނީ ޓީޗަރުން މަދުވެގެންކަމަށެވެ.

ބެލެނިވެރިން މުޒާހަރާކުރާތީ އެސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދެއެވެ.

މިއަދު ހެނދު 11:00 ހާއިރުން ފަށައިގެން އަދިވެސް ބެލެނިވެރިން މުޒާހަރާކުރަމުންދާކަމަށް މަޑި ފުށީ ކައުސިލުން ބުންޏެވެ.

" ޓީޗަރުން ނެތުމާ، ޕްރިސްކޫލުގަ ހުރިހާ ކްލާހަކަށް އެންމެ ޓީޗަރެއް ކިޔަވާދެއްވާތީ ބެލެނިވެރިގެ އެންމެ ބޮޑު ޝަކުވާއަކީ" ނަބީތް ވިދާޅުވިއެވެ.

ޓީޗަރުން މަދުވެ ރަނގަޅަށް ކިޔަވައިނުދެވޭ ކަމަށް ބުނެ އެރަށު ބެލެނިވެރިން މުޒާހަރާ ކުރާ މައްސަަލައާ ބެހޭގޮތުން އެޑިއުކޭޝަނުން އަދި އެރަށު ސްކޫލުން ވެސް ޖަވާބެއް ނުދެއްވައެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ޓީޗަރުން ނުލިބިގެން އުޅެނީ، ފިނޭންސް މިނިސްޓްރީއިން އެކަމަށް ހުއްދަނުލިބިގެންނެވެ.

ރައްރަށުގެ ސްކޫލުތަކުގައި ޓީޗަރުން މަދުވާ ކަމުގެ ޝަކުވާ ވަރަށް ގިނައިން އެކި ރައްރަށުގެ ބެލެނިވެރިން ކުރެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *