logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

މުރަކައިގެ ފެސްޓިވަލަކަށް ނަޝީދު އައްޑޫއަށް

ކޮރަލް ފެސްޓިވަލްގައި ބައިވެރިވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

މާދަމާ ހިތަދޫގައި ފަށާ، ކޮރަލް ފެސްޓިވަލަކީ،ދަ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން އިންތިޒާމު ކޮށަގެން މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ ކެމްޕަހުގައި ކުރިއަށް ގެންދާ އިވެންޓެކެވެ. 

އެ ކޮރަލް ފެސްޓިވަލަކީ ރާއްޖޭގެ މުރަކައިގެ ދިރުންތަކުގެ މުހިންމުކަން ދެނެގަތުމާއި އަދި އެ ތަކެތި ރައްކާތެރިކޮށް، ދިވެހިންގެ ހިތުގައި މުރަކައިގެ މުހިންކަން އަންގައި ދިނުމުގެ މަގުސަދުގައި ބާއްވާ އިވެންޓެއްކަމަށް އެމްސީއައިއިން ބުނެފައިވެއެވެ.

ފެސްޓިވަލުގައި މުރަކައިގެ ތަޖުރިބާކަރުންނާއި، ކަމާގުޅުން ހުރި ރާއްޖޭގެ ޖަމިއްޔާތަކާއި، ސިޔާސީ ލީޑަރުންގެ އިތުރުން މެރިން އީކޯ ސިސްޓަމް އިން ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.

މި ފެސްޓިވަލްގައި ބައިވެރިވާ ތަޖުރިބާކަރުންނާއި، ޖަމިއްޔާތަކުގެ ބޭފުޅުންނާއި، ސިޔާސީ ލީޑަރުން އައްޑޫ ނޭޗަ ޕާކަށް ސްނޯކްލިން އަށް ދިއުމާއި ހުޅުމީދޫ ނޭޗަ ޕާކް ސަރަހައްދަށް ޒިޔާރަތް ކުރާނެ އެވެ.
ކޮރަލް ފެސްޓިވަލް އެންމެ ފަހުން 2020 ވަނަ އަހަރު ބޭއްވީ ކ. ތުލުސްދޫގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *