logo minivan

English

އާދިއްތަ, 19 މެއި 2024

ފަސް ރަށެއްގައި އައިސްޕްލާންޓް ގާއިމްކުރަން ހަވާލުކޮށްފި

ފަސް ރަށެއްގައި 25 ޓަނުގެ އައިސްޕްލާންޓް ހަދަން، ފިޝަރީޒް މިނިސްޓްރީއިން ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކޮށްފި އެވެ.

އެ ޕްލާންޓްތައް އަޅަން ނިންމާފައި ވަނީ ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫގަ އެވެ. މިއީ ސައުދީ ފަނޑުގެ އެހީގެ ދަށުން ގާއިމް ކުރާ އައިސްޕަލާންޓްތަކެކެވެ.

މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް އަހްމަދު ޔާމީން އެވެ. އަދި ފެނަކައިގެ ފަރާތުން  ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައީދު މުހައްމަދު އެވެ.

މަސްވެރިންނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މި ސަރުކާރުން ވަނީ ރާއްޖޭގެ 10 ސަރަހައްދެއްގައި އައިސް ޕްލާންޓް ގާއިމްކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *