logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

ޖޯއި އައިލޭންޑް ރިސޯޓް ސެޕްޓެމްބަރުމަހު ހުޅުވަނީ

ޖޯއި އައިލޭންޑް ރިސޯޓް މި އަަހަރުގެ ސެޕްޓެމްބަރުމަހުގެ އެއްވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިއްޖެއެވެ.

އެ ރިސޯޓަކީ މިހާރު ވެސް ރާއްޖޭގައި ލަގްޒަރީ ރިސޯޓްތަކެއް ހިންގަމުން އަންނަ ކުކޫން ކަލެކްޝަންގެ ދަށުން ތަރައްގީ ކުރަމުން އަންނަ ރަށެކެވެ.

ކުކޫން އިން ބުނި ގޮތުގައި، ކޮކާލެއްގެ ބައްޓަމަށް އޮންނަ އެ ރިސޯޓަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ލޯންޗްގައި 40 މިނިޓުން ދަތުރު ކުރެވޭނެއެވެ.

ފަސް ތަރީގެ އެ ރިސޯޓްގައި އިރުއޮއްސޭ ނުވަތަ އިރުއަރާ މަންޒަރު ފެންނަ 151 ބީޗާއި، އޯވަ ވޯޓާ ވިލާ ހުރެއެވެ. އެގޮތުން އެޑްވެންޗަރަސް ގެސްޓުންނަށް ޑައިވިން، ޓެނިސް، ޕެޑަލް، ވޯޓާ ސްޕޯޓްސް ފަދަ ހަރަކާތްތަކާއި ރާއްޖޭގެ ރީތި ފަރުތައް ބަލައި ތަޖުރިބާ ކުރުމަށް ފުރުސަތު ވެސް ލިބިގެންދާނެއެވެ.

ޖޯއި އައިލޭންޑަކީ ޗުއްޓީ އަށް އެ ރިސޯޓަށްދާ ކުޑަކުދިންނާ ވެސް ވަރަށް ރައްޓެހިކޮށް އަދި ކުޑަކުދިންނަށް ހާއްސަ އެތައް ހިދުމަތްތަކެއް ވެސް ލިބޭ ގޮތަށް ތަރައްގީކުރާ ތަނެއް ކަމަށް ކުކޫން ކަލެކްޝަނުން ބުނެއެވެ.

ރާއްޖެ އަކީ މުޅި ދުނިޔޭގައި ވެސް ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލަށް ވެފައިވާއިރު، މި ރިސޯޓަކީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ހުޅުވޭ ގިނަ ރިސޯޓެއްގެ ތެރެއިން އެއް ރިސޯޓެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *