logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ކުޑަކުދިންނަށް ދޭ ކޯފް ސިރަޕެއް އަނެއްކާ ވެސް މަނާކޮށްފި

ސިއްހަތަށް ނުރައްކާވާ ދެ މާއްދާއެއް އެކުލެވޭތީ, އިތުރު ކޯފް ސިރަޕެއް ބޭނުން ނުކުރުމަށް އަންގައިފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނެރުނު އެލާޓަކާ ގުޅިގެން ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ވަނީ، އިންޑިއާގެ ޕަންޖާބުގައި އުފައްދާ، "ގުއައިފެނެސިން ސިރަޕް" ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. މިކޯފް ސިރަޕަކީ ކުޑަކުދިންނަށް ހާއްސަ ބޭހެއް ކަމަށް އެމްއެފްޑީއިން ބުންޏެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ޑަބްލިއުއެޗްއޯއިން ވަނީ ބައެއް ކޯފް ސިރަޕްތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށް އެލާޓް ނެރެފަ އެވެ.

އެއީ, އޭގައި ސިއްހަތަށް ނުރައްކާވާ ދެ މާއްދާ ކަމަށްވާ "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ވަރަށް ގިނައިން ހުރުމުންނެވެ.

މިފަހަރު އެލާޓް ނެރުނު "ގުއައިފެނެސިން ސިރަޕް" ބޭނުން ނުކުރަން އެންގީ ވެސް އެ ދެ މާއްދާ ހިމެނިފައިވާތީ އެވެ. "ޑައިއެތިލީން ގްލައިކޯލް" އަދި "އެތިލީން ގްލައިކޯލް" ވަކިވަރަަކަށް ހަށިގަނޑަށް އެތެރެވެއްޖެ ނަމަ އޭގެން މަރުވުމުގެ ފުރުސަތު ވެސް އޮންނަ ވިހަ ދެމާއްދާއެވެ.

އެމްއެފްޑީއޭއިން ބުނީ، މިއީ ރާއްޖެއަށް އިމްޕޯޓްކޮށް, ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް, ބޭސް ސިޓީއަށް ނުވަތަ އެ ނޫންވެސް ގޮތަކުން މި ބޭސް ރާއްޖެއަށް އިމްޕޯޓް ވުމުގެ ފުރުސަތު އޮވެދާނެތީ ސަމާލުުވުމަށެވެ.

މިފަދަ ބޭސްތަކުގެ ސަބަބުން, ބޭސް ސިޓީއަސް ރާއްޖެއަށް އިމްޕޯޓް ކުރާ ބޭސް ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލާ ފާސްކުރަމުންދެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *