logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ސަފާރީއެއްގެ ބުރަފަތީގައި ޖެހި ރަސްގެތީމު ކުރީގެ ކައުންސިލަރެއް ނިޔާވެއްޖެ

ރ.އިނގުރައިދޫ ފަޅުތެރެއަށް ވަންނަން އައި ސަފާރީއެއްގެ ބުރަފަތީގައި ރަސްގެތީމުގެ ކައުންސިލްގެ ކުރީގެ މެމްބަރެއް ނިޔާވެއްޖެއެވެ.

މިހާދިސާގައި ނިޔާވެފައިވަނީ ރަސްގެތީމުގެ ކުރީގެ ކައުންސިލް މެމްބަރު މުހައްމަދު އިބްރާހިމެވެ. އިނގުރައިދޫ ކައުންސިލް ރައީސް މުހައްމަދު ޖަލީލް "މިނިވަން" އަށް ވިދާޅުވިގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:30 އެހާކަން ހާއިރުއެވެ.
މިހާދިސާ ހިނގީ ސަފާރީ ފަޅަށް ވަތް ވަގުތު ބުރަފަތީގައި އޮޅުނު ވާގަނޑެއް ނައްޓުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ޖަލީލު ވިދާޅުވީ، މިހާދިސާގައި ބުރަފަތި ޖެހިފައިވަނީ މުހައްމަދު އިބްރާހިމްގެ ބޮލުގައި ކަމަށާއި މިހާދިސާގައި އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެންގޮސް ސިކުނޑި ބޭރަށް ނިކުމެފައިވާ ކަމަށެވެ.

އޭނާ އަކީ އެ ސަފާރީގައި މަސައްކަތް ކުރަމުންދިޔަ ފަޅުވެރިއެއް ކަމަށް މައުލޫމާތު ލިބެއެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. Thedhu mauloomathu neygenyaa habaru nuliyun edhen
    Niyaavee ragetheem meeheh Inguraidhoo meeheh noon

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *