logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ރައީސް ސޯލިހު އިނގިރޭސި ވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި، ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މިދަތުރުފުޅަކީ، އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ބަކިންހަމް ޕެލަސް އިން އިއުލާން ކޮށްފައިވާގޮތުގައި ރަސްގެފާނު ޗާލްސްގެ ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތު އޮންނާނީ 6 މެއި 2023 ވާ ހޮނިހިރު ދުވަހު ލަންޑަންގެ ވެސްޓްމިންސްޓާ އެބީގަ އެވެ.

އެ ރަސްމިއްޔާތުގައި 'ދަ ކުއީން ކޮންސޯޓް' ކެމީލާ އާއި ރަސްގެފާނު ޗާލްސް ތިންވަނައިގެ އިސްތަށިފުޅުގައި ޝާހީ ތާޖު އަޅުއްވާނެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *