logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ކުރީގެ ލޯބިވެރިން ކަމަށްވާ އަކްޝޭ އާއި ރަވީނާ އަހަރުތަކަކަށް ފަހު އެކުގައި

ބޮލީވުޑް ކުރީގެ ލޯބިވެރިން ކަމަށްވާ އަކްޝޭ ކުމާރާއި ރަވީނާ ޓަންޑަން ގިނަ އަހަރު ތަކަކަށްފަހު އަނެއްކާވެސް އެއް ސްޓޭޖެއްގެ މަތިން ފެނިއްޖެއެވެ.

ރަވީނާ އާއި އަކްޝޭ އަކީ 90 ގެ އަހަރުތަކުގައި އެންމެ ލޯބިން އުޅުނު އެއް ކަޕްލް އޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް މިއީ އެދެމީހުން ވަކިވުމަށްފަހު އެކުގައި ފެނުނު ފުރަތަމަ ފަހަރެވެ.

ރޭ ބޭއްވި އިންޑިއާގެ މޯސްޓް ސްޓައިލިޝް 2023 އެވޯޑްސްގެ ސްްޓޭޖް މަތިން ދެ ތަރިން ފެނިގެންދިޔައީ ސަމާސާކޮށް، ވަރަށް ފުން ވާހަކައެއްގެ ތެރެއިންނެވެ. އަދި ދެމީހުން އެކުގައި ސްޓޭޖް މަތިން ފެނުނު ޕޮޓޯތައް މިހާރު އަންނަނީ މުޅި ސޯޝަލް މީޑިއާގައި ވައިރަލް ވަމުންނެވެ.

އަކްޝޭއާއި ރަވީނާ އަހަރު ތަކަކަށް ފަހު އެކުގައި

ވާހަކަތައް ދެކެވޭ ގޮތުގައި ކާމިޔާބު މި ދެ ތަރިން ވަނީ ވަކި ހިސާބަކުން އެންގޭޖް ވެސް ވެފައެވެ. "ރެޑިފް" އަށް ވާހަކަ ދައްކަމުން އަކްޝޭ ބުނީ އެއީ ހަމައެކަނި އެންގޭޖްމަންޓެއް ކަމަށާއި، ފަހުން ދެމީހުންގެ ގުޅުން ރޫޅިގެން ދިޔައީ ކަމަށެވެ.

"އެކަމަކު އަހަރެމެން ދެމީހުން އެއްވެސް އިރަކު ކައިވެންޏެއް ނުކުރަން" އަކްޝޭ ބުންޏެވެ.

ގިނަ އަހަރު ތަކަކަށްފަހު އެ ދެ ތަރިން އެއްކޮށް ފެނުމުން ސަޕޯޓަރުންނަށް ތިބީ ގަބޫލިކުރަން ދަތިވެފައެވެ.

ރޭގެ ފެނިލުމުގައި އަދިވެސް މިދެތަރިންގެ ޒުވާންކަމާއި ރީތިކަން ފެނި ގިނަބަޔަކު ދަނީ އެކަމާ ވާހަކަދައްކަމުންނެވެ.

އަކްޝޭ ކުމާރު އޭނާގެ މިހާރުގެ އަނބިމީހާ ޓްވިންކަލް ކަންނާއާއި ކައިވެނިކުރީ 2001 ވަނަ އަހަރުއެވެ. އެދެމަފިރިންގެ ހުންނަނީ 2 ދަރިންނެވެ. އަދި ރަވީނާ ޓަންޑަން އާއި އަނިލް ތަޑާނީ ކައިވެނިކުރިތާ 19 ހަރުވެފައިވާއިރު، އެދެމަފިރިންގެ 4 ދަރިން ތިބެއެެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ