logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. ފޮޓޯ:ޝަހުޒާ މުހައްމަދު/މިނިވަން

ފުވައްމުލައް ސިޓީގެ ޕީޖީ ގޮފިން މައްސަލަތައް ބަލައިގަންނަން ފަށައިފި

ފުވައްމުލައް ސިޓީގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަލަތައް އެސިޓީ ގެ ޕްރޮސިކިއުޓާރ ޖެނެރަލް (ޕީޖީ) ގޮފިން ބަލައިގަންނަން ފަށައިފިއެވެ.

މީގެ ކުރިން ފުވައްމުލަކުގައި ތަޙުޤީޤުކުރާ ޖިނާއީ ކުށްތަކުގެ މައްސަލަތައް ބަލައިގަންނަމުން ދިޔައީ ޕީޖީގެ އައްޑޫ ގޮފިންނެވެ.

ޕީޖީ އޮފީހުން ބުނީ، ފުވައްމުލައް ސިޓީއަކަށް ބަދަލުވުމާއެކު ޕީޖީގެ އަމާޒަކަށްވީ ފުވައްމުލަކުގައި ޤާއިމުވެތިބި ތަޙުޤީޤީ އިދާރާތަކާ ގާތުން މަސައްކަތް ކުރުން ކަމަށެވެ.

އެގޮތުން 2022 ވަނަ އަހަރުން ފެށިގެން ޕީޖީގެ ޕްރޮސިކިއުޓަރަކު ފުވައްމުލަކުގައި ދަނީ މަސައްކަތްކުރަމުން ކަމަށް ވެސް ޕީޖީން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ބުނީ، އިދާރީ މުވައްޒަފުންނާއެކު މިހާރު ވަނީ މައްސަލަ ބަލައިގަތުމުގެ އިންތިޒާމުވެސް ހަމަޖައްސާފައިކަމަށާއި، މީގެ ސަބަބުން ފުވައްމުލަކުގައި ކުރާ ޖިނާއީ ކުށްތަކުގެ މައްސަަލަތައް އިތުރަށް އަވަސްވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ޕީޖީ އޮފީހުން ބުނީ، އެ އޮފީހުގެ އަމާޒަކީ ފުވައްމުލަކު ގޮފިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ތަޙުޤީޤީ އިދާރާތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ފުވައްމުލަކުގައި އަމަން އަމާންކަން ޤާއިމުކުރުމަށް ފުލުހުންނާއި ސިޓީކައުންސިލް އަދި މުއައްސަސާތަކުން ކުރައްވާ މަސައްކަތަށް ވީހާވެސް ގާތުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ