logo minivan

English

ބުދަ, 04 ޑިސެމްބަރ 2024

ޕަރިނީތީގެ އެންގޭޖްމަންޓް އަންނަ ހޮނިހިރު ދުވަހު

ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާގެ އެންގޭޖްމަންޓް ހަފުލާ މި މަހުގެ 13 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ބަތަލާ ރައްޓެހިވެގެން އުޅެނީ ރާގަވް ޗައްޑާއާ އެވެ. ރާގަވް އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ މެމްބަރެކެވެ. އަދި އޭނާ އަކީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރެކެވެ.

އިންޑިއާގެ ވެރިރަށް، ނިއު ދިއްލީގައި ބާއްވަން ހަމަޖެހިފައިވާ މި ހަފްލާގައި ބައިވެރިވަނީ ޖުމްލަ 150 ގެސްޓުންނެވެ. އެއީ ގާތް ރައްޓެހިންނާއި އާއިލާ މީހުންނެވެ.

ރާގަވްއާ ރައްޓެހިވެގެން އުޅޭކަން ޕަރިނީތީ ކަށަވަރުކޮށް ނުދިން ނަމަވެސް، ދާދިފަހުންވަނީ މި ހަފްލާއަށް ދިއްލީއަށް ދިޔުމަށް ދެ މީހުން އެކީގައި އެއާފޯރޓް އިން ފެނިފައެވެ. އުމުރުން 34 އަހަރުގެ ފަރިނީތީ އަކީ ޕްރިޔަންކާ ޗޯޕްރާއާ ދެބޭންގެ ދެދަަރިންނެވެ.

ނިއުސްތަކުން މައުލޫމާތު ދިން ގޮތުގައި ފަރިނީތީގެ އެންގޭޖްމެންޓްގައި އޭނާލަނީ، އިންޑިއާގެ މަޝްހޫރު ޑިޒައިނަރެއް ކަމަށްވާ މަނީޝް މަލްހޯތްރާގެ ވަރަށް ސިންޕަލް ރީތި ޑިޒައިނެކެވެ.

ޕަތިނީތީ ޗޯފްރާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ، ސޫރާޖް ބަރްޖަތްޔާ އަދި ރާޖްޝްރީ ޕްރޮޑަކްޝަންސް އިން މިދިޔަ އަހަރު ޕްރޮޑިއުސްކޮށްފައިވާ "ޔޫންޗައި" އިންނެވެ. އެއީ އުމުރުން ދުވަސްވީ ތިން އެކުވެރިން، އެމީހުންގެ ހަތަރު ވަނަ އެކުވެރިޔާ ގެ އެންމެ ފަހުގެ އެދުން ފުއްދުމަށް އެވަރެސްޓް ބޭސް ކޭމްޕަށް ކުރާ ދަތުރަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *