logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
ކުއްލި ޚަބަރު

ގެއްލުނު ދޯނީގެ ފަޅުވެރިން ކަނޑުމަތިން ސަލާމަތްކޮށްފި، ދޯނި އަދި ނުފެނޭ!

ހިލަވެލި ބަރުކޮށްގެން މާލެއިން ފުރި "ޖަންބޯ" ދޯނީގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އެ ދޯނީގެ ފަޅުވެރިން ފަޅުވެރިން ކަނޑުވެފައިތިއްބާ ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނިން ދަތުރު ކުރިކަމުގެ މައުލޫމާތު ލިބުނީ 2 ފަޅުވެރިން ކަމަށާއި އެމީހުން ކަނޑުމަތިން ސަލާމަތްކޮށްފައިވާ ކަމަށެވެެ. އެމީހުން ސަލާމަތް ކުރީ އެސަރަހައްދުން ދަތުރު ކުރި ލޯންޗަކުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް ދޯންޏާ ބެހޭ މައުލޫމާތެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ދޯނި ގެއްލުނީ ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން ކ. ގާފަރުގައި މަޑުކުރުމަށްފަހު، އެރަށުން ފުރައިގެން ބ. ދަރަވަންދޫއަށް ދަތުރުކުރަމުން ދަނިކޮށެވެ. "ޖަންބޯ" އަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ