logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

އަޖޭގެ ފުރަތަމަ ސުޕަނެޗްރަލް ތްރިލާ، ޝޫރިންގ ޖޫން މަހު

ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަން، އޭނާގެ ފުރަތަމަ ސުޕަނެޗްރަލް ތްރިލާއަށް ސޮއިކޮށްފިއެވެ.

އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ނިންމާފައިވާ މި ފިލްމަށް އަދި ނަމެއް ފާސްކޮށްފައެއް ނުވެއެވެ. "އަޖޭ ދޭވްގަން އެފްފިލްމް އެންޑް ޕެނަރަމާ ސްޓޫޑިއޯސް" ގެ ދަށުން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރުންނަކީ އަބީޝެކް ޕަތަކާއި އޭނަގެ ބައްޕަ ކުމާރު މަންގަތު ޕަތަކް އެވެ. އަދި މި ފިލްމަކީ އަޖޭ ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ގޮތަށް ހަދަން ނިންމާފައިވާ ފިލްމެކެވެ.

2000 ގެ އަހަރުތަކުގައި އަޖޭ ގިނައިން ފެނިގެން ގޮސްފައިވަނީ ބިރުވެރި ފިލްމްތައް ކަމަށްވާ ރާމް ގޯޕާލް ވަރްމާގެ "ބޫތް" އަދިި ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން "ކާލް" ފަދަ ފިލްމުތަކުންނެވެ. ނަމަވެސް މިހާރު އޭނާ ވަނީ ވިކާސް ބާލްއާ ގުޅިގެން ފުރަތަމަ ފަހަރަށް ސުޕަނެޗްރަލް ތްރިލާއެއްގައި މަސައްްކަތް ކުރުމަށް ނިންމާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ މަހު ޝޫޓިން ފަށާ މި ފިލްމްގެ މަންޒަރުތައް ނަގަން ހަމަޖެހިފައިވަނީ މުމްބައި، މަސޫރީ އަދި އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.

މިސުޕަނެޗުރަލް ތްރިލާއަކީ އަޖޭ ލީޑް ރޯލަކުން ފެނިގެންދިޔަ "ޑްރިޝަމް 2″ ގެ ކާމިޔާބީއަށް ފަހު ޕެނަރަމާ ސްޓޫޑިއޯސްއާއެކު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

އަޖޭގެ އެންމެ ފަހުގެ ފިލްމަކީ އޭނަ ޑައިރެކްކޮށް، ކުޅުނު އަދި މާޗްގައި ރިލީޒްކުރި "ބޯލާ" އެވެ. ދެން އެންމެ އަވަހަށް އޭނަ ފެންނާނީ އަންނަ މަހަށް ތާވަލުކޮށްފައި އޮތް "މައިދާން" އިންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ