logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

ޓޫރިޒަމް ކޮންފަރެންސް އެއްގައި ޑރ. މައުސޫމް ބައިވެރިވެވަޑައިގެންފި

ބުދުވާގައި ބޭއްވި "ބްރިޖިންގ ޓޫރިޒަމް ޑެސްޓިނޭޝަންސް ކޮންފަރެންސް މޮންޓެނެގްރޯ" ގައި ރާއްޖެއިން ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ބައިވެރިވެވަޑައިގެންފިއެވެ.

އެ ކޮންފަރެންސް ކުރިޔަށް ގޮސްފައިވަނީ މިމަހުގެ 11 ވަނަ ދުވަހާއި 12 ވަނަ ދުވަހު އެވެ. އަދި އެ ކޮންފަރެންސްގައި ޕޯސްޓް ކޮންފަރެންސްގެ ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިމެނިފައިވެއެވެ.

އެއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް އޮފް މޮންޓެނިގްރޯ އާއި ނިސްޓްރީ އޮފް ޓޫރިޒަމް ގުޅިގެން އިންތިޒާމްކޮށްފައިވާ ކޮންފަރެންސް އެކެވެ.

 

ފަތުރުވެރިކަމަކީ މީހުންނާއި މަންޒިލްތައް އެއްތަނަކަށް ގެނެސްދޭ އެއްޗެކެވެ. އެގޮތުން މޮންޓެނީގްރޯ ސަރުކާރުން އަމަލުކުރަމުންދަނީ ދެމެހެއްޓެނިވި، އަދި ޒަމާނީ ފަތުރުވެރިކަމުގެ ޓްރެންޑްތަކާއި އުސޫލުތައް ގާއިމުކުރުމަށެވެ.

އެ ކޮންފަރެންސްގެ ތެރޭގައި، ޕެނަލް ޑިސްކަޝަންތަކާއި، ޕްރެޒެންޓޭޝަންތަކާއި، ނެޓްވޯކިންގ މެދުވެރިކޮށް ޓޫރިޒަމްގެ އެންމެ ފަހުގެ މައުޟޫއުތަކާއި، ގޮންޖެހުންތަކާއި، ހައްލުތަކާމެދު ވާހަކަދެކެވިފައިވެއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *