logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރަޝިޔާއިން ޔޫކްރޭނަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި

ޔޫކްރެއިންގެ ވެރިރަށް ކިއެވްއަށް ރަޝިޔާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ.

މިއީ ރަޝިޔާއިން ޔޫކްރޭނަށް މި މަހުގެ ތެރޭގައި ދިން ނުވަ ވަނަ ހަމަލާއެވެ.

ހުޅަނގު ދެކުނުގައި، ކަޅު ކަނޑުގެ ސަރަހައްދުގައި އޮންނަ އޮޑެސާ ސިޓީއަށް ދިން އެ މިސައިލް ހަމަލާގައި އެކަކު މަރުވެ، ދެ މީހަކު ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ވިނިޓްސާ، ހަމެލްނިޓްސްކީ އަދި ޒައިޓޮމިރު ފަދަ މެދުތެރޭގެ ސަރަޙައްދުތަކުގައި ވެސް ބޮން ގޮއްވާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކީވްގެ މޭޔަރު ވިޓަލީ ކްލިޓްޝްކޯ ވިދާޅުވީ ކީވްގެ ޑާނިޓްސްޔާ ސަރަހައްދުގައި ހުރި ގަރާޖެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ކީވްގެ މަދަނީ އަސްކަރީ ކަންކަމާ ހަވާލުވެ ހުންނެވި ސެރްހީ ޕޮޕްކޯ ވިދާޅުވީ ކެސްޕިއަން ކަނޑުގެ މަތިން ރަޝިޔާއިން ވަރުގަދަ މިސައިލް ހަމަލާއެއް ދީފައިވާ ކަމަށެވެ. އެ ހަމަލާގައި ކްރޫޒް މިސައިލް ބޭނުން ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށާއި ވައިގެ ހަމަލާތައް ދޭން ފެށުމަށް ފަހު ރަޝިއާއިން ކީވްގެ މަތިން ޑްރޯން ފޮނުވި ކަމަށް އޭނާ ލަފާކުރެއެވެ.

ޕޮޕްކޯ ވަނީ ކިއެވްގެ އިރުމަތީގައި އޮންނަ ޑެސްނިޔަންސްކީ ޑިސްޓްރިކްޓްގެ ގެއެއް ނޫން އިމާރާތެއްގައި ދެވަނަ ފަހަރަށް އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާވިކަމެއް ނުވަތަ ނޫންކަމުގެ އެއްވެސް އަޕްޑޭޓެއް އޭނާ ނުދެއްވައެވެ.

މިދިޔަ ބުދަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި ކެރްސަން ކައިރީގައި ފަސް އަހަރުގެ ކުއްޖަކާ އެކު އަށް މީހުން މަރުވެ، އިތުރު 17 މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ