logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ޗައިނާއިން އެއްލައްކަ އަށް ވުރެ ގިނަ "ފޭކް" ނިއުސް އެކައުންޓް ޑިލީޓްކޮށްފި

ދޮގު ހަބަރުފަތުރަމުން ދިޔަ އެއް ލައްކައަށް ވުރެ ގިނަ ސޯޝަލް މީޑިއާ އެކައުންޓްތައް ޗައިނާ ސަރުކާރުން ބަންދުކޮށްފިއެވެ.

މިއީ އިންޓަނެޓުން ދޮގު ހަބަރުތައް ފެތުރުން ހުއްޓުވަން ޗައިނާއިން ކުރާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުން ޗައިނާގެ ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއޭސީ) އިން ވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހުން ފެށިގެން ދޮގު ހަބަރު ފަތުރަމުންދާ 107،000 އެކައުންޓް ޑިލީޓްކޮށްފައިވާ ކަމަށެވެ.

މިއީ އޮންލައިންކޮށް ލިބޭ މައުލޫމާތުގެ ފެންވަރު ރަނގަޅު ކުރުމަށް ސީއޭސީން ކުރިއަށް ގެންދާ ބޮޑު ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހާއްސަކޮށް ދޮގު ހަބަރުތައް ހިއްސާކޮށް، ދައުލަތުގެ ކޮންޓްރޯލް އޮންނަ މީޑިއާތަކެއް ކަމަށް ދައްކާ ސޯޝަލް މީޑިއާ އެކައުންޓްތަކަށް ދަނީ އަމާޒު ކުރަމުންނެވެ. ސީއޭސީއިން ދަނީ އިންޓަނެޓުގައި އެއްވެސް ދޮގު ހަބަރެއް ނުވަތަ އިމްޕޯސްޓަރެއް ނަމަ އެކަން ރިޕޯޓް ކުރުމަށް ބާރުއަޅަމުންނެވެ.

ސީއޭސީގެ ތަހުގީގަށް އެނގުނު ގޮތުން ބައެއް އެކައުންޓުތަކުން ދަނީ ސައްހަ ހަބަރު ފަތުރާ މީޑިއާތަކެއް ކަމަށް ދެއްކުމަށް މަސައްކަތްކުރަމުންނެވެ. ފޭކް ނިއުސް ސްޓޫޑިއޯގެ މަންޒަރުތައް ހަދައި ޕްރޮފެޝަނަލް ނިއުސް ޕްރެޒެންޓަރުން ބޭނުންކުރާ ކަމަށް އެ އިދާރާއިން ހާމަކުރިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ