logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ފީވަކުގައި އެމްޑީޕީން ދިދަ ނަގަން ތައްޔާރުވެފައި ވަނިކޮށް ހަމަ އެތަނުގައި ޕީޕީއެމްގެ ދިދަ ނަގައިފި

ށ. ފީވަކުގައި އެމްޑީޕީން އެ ޕާޓީގެ ދިދަ ނަގަން ތައްޔާރުވެފައި ވަނިކޮށް އެތާ ޖެހިގެން ޕީޕީއެމްގެ ދިދަ ނަގައިފިއެވެ.

ފީވަކުގެ ފެނަކާ ސަރަހައްދުގައި ޕީޕީއެމް އިން ދިދަ ނަގާފައި ވަނީ އެ ރަށުގެ ކައުންސިލް މެމްބަރު އިބްރާހީމް ރާޝީދު އިސްކޮށް ހުންނަވައިގެންވެ.

 ރަޝީދު "މިނިވަން" އަށް ވިދާޅުވީ، ޕީޕީއެމްގެ ދިދަ އެތާ ނަގާފައި ވަނީ އެމްޑީޕީން ކައުންސިލް ހުއްދައަކާ ނުލައި ދިދަ ނަގަން ހޮޅިދަނޑި ޖަހާފައިވަނިކޮށް ކައުންސިލްގެ ރައީސް އާ ގުޅާ މައުލޫމާތު ސާފުކޮށް ހުއްދަ ނެގުމަށް ފަހު ކަމަށެވެ.

އެރަށުގެ ކައުންސިލް ރައީސް އާއި ހަވާލާދީ ރަޝީދު ވިދާޅުވ،ީ އެމްޑީޕީން އެ ސަރަހައްދުގައި ދިދަ ނަގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި، އެވެސް ހުއްދައެއް އެކަމަށް ދީފައި ނުވާނޭ ކަމަށެވެ.

"އެމްޑީޕީން ޖަހާފައި އިނީ ހުސް ހޮޅިދަނޑިއެއް އެ ވެސް ހުއްދަ ނުނަގާ، ޕީޕީއެމްގެ ދިދަ އަޅުގަނޑުމެން ނަގާފައިވާނީ ގައުމީ ދިދަ އަށް ވުރެން މަތިނުވާ ގޮތަށ،ް އެގޮތަށް ދިދަ ނެގުމުގެ ބޭނުމަކީ ގައުމީ ދިދައަށް އިހްތިރާމް ކުރުމުގެ ގޮތުން" ރަޝީދް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ހަރަކާތުގެ ތެރެއިން ރާއްޖޭގެ ކޮންމެ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދައެއް އިއްޔެ ހަވީރު ވަނީ ނަގާފައެވެ. މީގެ އިތުރުން ރައީސް ސޯލިހްގެ ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއްވެސް އެ ރަށްތަކުގައި ކުރިއަށް ގެންދިޔަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ