logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

އެންމެ މޮޅު އެތްލީޓުންނަށް، ލަޔާނާ، އިބްރާހީމް، އަހުނާ، ޒީވާ، ޒައިން އަދި އިލާން

އިންޓަ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތްލީޓުން ހޮވައިފިއެވެ.

މި މުބާރާތުގެ އެންމެ މޮޅު އެތްލީޓުންނަށް ހޮވުނީ، ދާންދޫ ސްކޫލްގެ އާމިނަތު ލަޔާނާ މުހައްމަދާއި، އެމްއެންޔޫގެ އިބްރާހިމް އާދަމާއި، ޖަލާލުއްދީނުގެ އަހުނާ ނިޒާރާއި މަޖީދިއްޔާގެ ޒައިން ޒައިދް އާއި ހިތަދޫ ސްކޫލުގެ އާމިނަތު ޒީވާ އާމިރާއި އިސްކަންދަރު ސްކޫލުގެ މުޙައްމަދު އިލާން އިމްރާނެވެ.

އާދިއްތަ ދުވަހު ފެށި މި މުބާރާތް ނިންމާލީ އިއްޔެއެވެ.

20 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓް:
އާމިނަތު ލަޔާނާ މުޙައްމަދު ދާންދޫ ސްކޫލް
100މ، 200މ އަދި 400މ ރަންމެޑަލް
100މ، 400މ ދުވުމުގެ ޢުމުރުފުރާ ރިކޯޑް
20 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓް:
އިބްރާހީމް އާދަމް- އެމްއެންޔޫ
800މ، 1500މ އަދި 5000މ ރަންމެޑަލް
17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓް:
އަހުނާ ނިޒާރު – ޖަލާލުއްދީން ސްކޫލް
100މ، 200މ އަދި ޓްރިޕަލް ޖަމްޕް ރަންމެޑަލް
100މ އަދި 200މ ޢުމުރުފުރާގެ ރިކޯޑް
ޓްރިޕަލް ޖަމްޕް ގައުމީ ރިކޯޑް
17 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓް:
އިން ޒައިދް ޢަބްދުﷲ – މަޖީދިއްޔާ ސްކޫލް
800މ އަދި 1500މ ރަންމެޑަލް
1500މ ދުވުމުގެ ޢުމުރުފުރާ ރިކޯޑް
15 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓް:

އާމިނަތު ޒީވާ އާމިރު- ހިތަދޫ ސްކޫލް

200މ އަދި 400މ ރަންމެޑަލް

15 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓް:
މުޙައްމަދު އިލާން އިމްރާން – އިސްކަންދަރު ސްކޫލް
100މ، 200މ އަދި ލޯންގް ޖަމްޕް ރަންމެޑަލް
100މ ދުވުމުގެ ޢުމުރުފުރާ ރިކޯޑް

މީގެ އިތުރުން ވިހިއަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ސްކޫލަކަށް ހޮވުނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. 17 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ސްކޫލަކަށް މަޖީދިއްޔާ ސްކޫލް ހޮވޮފައިވާ އިރު މި އުމުރު ފުރައިގެ އަންހެން ޗެމްޕިއަނަކަށް ހޮވުނީ ޝަރަފުއްްދީން ސްކޫލެވެ. އަދި ފަނަރަ އަހަރުގެ އަންހެން ޗެމްޕިއަނަަކަށް ކަލާފާން ސްކޫލް ހޮވުނު އިރު އެ އުމުރުފުރައިގެ ފިރިހެން ޗެމްޕިއަނަކީ އިސްކަންދަރު ސްކޫލެވެ. ތޭރަ އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ސްކޫލަކީ އަފީފުއްދީން ސްކޫލެވެ. އަދި ފިރިހެން ޗެމްޕިއަން އަކީ މިލަންދޫ ސްކޫލެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *