logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޖަލުން އަނިޔާކޮށްގެން ރިޕޯޓެއް ކޮށްފިއްޔާ، އެކަން ބަލަނީ އަޅުގަނޑު އަމިއްލައަށް: އިމްރާން

ޖަލުތަކުގައި ގައިދީންނަށް އަނިޔާ ނުކުރާކަމަށާއި އެފަދަ ރިޕޯޓެއް ލިބިއްޖެ ނަމަ އަމިއްލަ ފުޅަށް އެކަން ބައްލަވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި ކާށިދޫ ދާއިރާ ގެ މެމްބަރު ޖާބިރު ކުރެއްވި ސުވާލަކަށް ޖާވާބުދާރީވެ މިނިސްޓަަރު އިމްރާން ވިދާޅުވީ، ޖަލުތަކުގައި އަނިޔާވެރި ޢަމަލުތައް ހިންގުމަކީ މާޒީކަމަށާއި، އެއްވެސް މީހަކަށް ޖަލުގައި އަނިޔާކުރާނަމަ އެކަން ކުރާ މީހަކަށް ވަޒީފާގައި ދެމި ނުހުރެވޭނެކަން މިހާރު ކަށަވަރު ވާނެކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން، ޖަލުތަކުގައި ކުރެވޭ އަނިޔާވެރި އަމަލުތައް ހުއްޓުވުމަކީ އެންމެ އިސްކަންދެއްވި އެއްކަންތައް ކަމަށެވެ. އަދި ރައީސްގެ އިރުޝާދުގެ ދަށުން ޖަލުތަކުގައި ކުރެވޭ އަނިޔާ  ހުއްޓުވައިފައިވާނެ ކަމަށާއި އެފަދަ ކުށްތައް ކުރާ އޮފިސަރުންނަށް ވަޒީފާގައި ދެމި ނުތިބެވޭނެކަން މިހާރު ޔަގީންވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކުރަން އިނގޭތޯ ޖަލުގަ މީހަކަށް އަނިޔާކޮށްގެން އެއްވެސް ރިޕޯޓެއް އައިސްސިއްޔާ އަޅުގަނޑު އަމިއްލަޔަށް އެކަން ބަލަން. މިވޭރުވެދިޔަ ހަތަރު އަހަރު ބައިގެ ތެރޭގަ ޖަލުގަ މީހަކަށް އެއްވެސް ގޮތަކަށް އަނިޔާއެއް ކޮށްފި ކަމަށްވާނަމަ، އެކަމެއް އަޅުގަނޑު ހުންނާނީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް މެދުވެރިކޮށް އަދި ބައެއް ކޭސްތައް ސީދާ މީހުނާއި އަޅުގަނޑު ބައްދަލުކޮށްފަ ހުންނާނެ." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަަރު އިމްރާން ވިދާޅުވީ، ، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި ޖަލުތަކުގައި ރިހިބިލިޓޭޝަންގެ މަސައްކަތް ކުރިއަށްވުރެ އިސްކަމެއް ދެއްވައިގެން ކުރައްވާކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ