logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ރައީސް ސޯލިހު މިފަހަރު އިންތިހާބު ކާމިޔާބު ކުރާނީ ހައްޖާޖީންގެ ދުއާ އާއި އެކު: އިމްރާން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ހައްޖާޖީންގެ ދުއާއާއި އެކުގައި ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ކުރެއްވި ޓްވީޓެއްގައެވެ.

ޓްވީޓުގައި އިމްރާން ވިދާޅުވީ، މިއަދަކީ މާތް ރަސްކަލާނގެ ހަޒުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ހައްޖާޖީން ހައްޖުގެ އަޅުކަން ފާށާ ދުވަސް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިސަބަށް އިޝާރާތް ކުރައްވައި، އިމްރާން ވިދާޅުވީ ރައީސް ސޯލިހު މިއަހަރުގެ އިންތިހާބު ކާމިޔާބު ކުރާނީ ހައްޖަށް ވަޑައިގެންނެވި ހައްޖުވެރިންގެ ދުއާތަކާ އެކުގައި ކަމަށެވެ.

މީގެއިތުރުން އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ރާއްޖޭގެ މިއަދުގެ ހާލަތަށް އެންމެ ބޭނުންވާނީ ގައުމުގެ މަސްލަހަތު ކަމަށާއި، އެކަން ކަށަވަރު ކުރެވޭނީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވައިގެން ކަމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރަށްވައި، އަދާލަތް ޕާޓީން ވަނީ އެމްޑީޕީ އާއެކު ކޯލިޝަން ހަދަން ނިންމާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *