logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ފީ ދައްކަން އުފުލަންޖެހޭ ތަކުލީފު ނިމުމަކަށް: ވެމްކޯ

ކަރަންޓު ބިލާއި ވެމްކޯ ބިލް އެއްކޮށްލުމުން، ކުރިން ވެމްކޯ ބިލް ނުދެއްކިގެން އުފުލަން ޖެހުނު ތަކުލީފު ނިމުމަކަށް އަންނާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯގެ ބިލު، ސްޓެލްކޯގެ ކަރަންޓު ބިލާ އެކު ވުމާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ބޭއްވި މައުލޫމާތު ސެޝަންގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ ދެ ބިލް އެއްކޮށް ފޮނުވައިދޭން އެދި އެއްވެސް ގެއަކުން ރަޖިސްޓްރީ ވާކަށް ވެސް ނުޖެހޭނެ ކަމަށެވެ.

ސިރާޖް ވިދާޅުވީ، މި ބަދަލާ އެކު ރައްޔިތުންނަށް ލިބިގެން ދާނީ ފަސޭހަތަކެއްކަމުގައެވެ. އެގޮތުން އަސްލުގަ ވެމްކޯއިން ކުރާ ކުނި މެނޭޖުކުރުމުގެ މަސައްކަތަށް ކޮންމެ ގޭބީސީއަކަށް 350 ރުފިޔާ މިހާރު ޖެހުނު ނަމަވެސް އަދިވެސް ހިދުމަތް ދޭނީ އަގަށް ބަދަލެއް ނުގެނެސް ކަމަށް ވެސް ސިރާޖް ވިދާޅުވިއެވެ.

އަދި އޭނާ ވިދާޅުވިގޮތުގައި ކަރަންޓް ބޭނުންކުރާ ވަރު 34 ޔުނިޓަށް ވުރެން ދަށް ނަމަ އެ ގެއަކަށް ވެމްކޯ ބިލް ނުފޮނުވާނެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީއާ، ވެމްކޯ އަދި ސްޓެލްކޯއިން ވަނީ ބިލް ޓައި ކުރުމާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފަ އެވެ.

ބިލް ޓައި ކުރުމަކީ ކޮބާ؟

  • ބިލް ޓައިކުރުމަކީ، އެއް ޔުޓިލިޓީ ހިދުމަތުގެ ބިލު އަނެއް ޔުޓިލިޓީ ހިދުމަތުގެ ބިލުގައި ހިމަނަގެން ބިލު ކުރުމެވެ.
  • ސަރުކާރުން ނިންމާފައި ވެމްކޯއިން މާލޭ ސީޓީގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކުނި މެނޭޖުކުރުމުގެ ހިދުމަތުގެ ބިލް މާލޭ ސިޓީގެ ކަސްޓަމަރުންނަށް ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ބިލުގައި ހިމަނައިގެން ބިލް ކުރުމަށް.

ބިލް ޓައިކުރުމަށް ސަރުކާރުން ނިންމިކަމަށް ބުނި ސަބަބުތައް:

  • މިވަގުތު ވެމްކޯއަށް ފީ ދައްކަނީ 27 އިންސައްތަ ގެ ތަކުން. އެހެންނަމަވެސް، މުޅި މާލޭގައި އުކާލާ ކުނި އުކާތީ ހުރިހާ ބިލެއް ދެއްކޭގޮތް ހެދުން
  • ވެމްކޯގެ ފީ ގިނަ ބަޔަކު ނުދައްކަނީ ދައްކަން ބޭނުން ނުވާތީއެއް ނޫން. ތަކުލީފަކަށް ވީމަ – މިއީ ރައްޔިތުންނަށް ލިބިގެންދާ ބޮޑު ލުއިފަސޭހައަކަށް ހެދުން
  • އޮޕަރޭޝަންސް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް މަގު ފަހިކުރުން
  • ކުނި މެނޭޖްކުރުންފަދަ ހިދުމަތެއް ދޭއިރު އެ ހިދުމަތް ދިނުމަށް ހޭދަވާ ހަރަދު ހިދުމަތް ދޭ ފަރާތަށް ލިބޭނެ ގޮތެއް ހެދުމަށް
  • ވެމްކޯގެ ހިދުމަތް ފެށިގެން އައިއިރު ވެމްކޯގެ އޮޕަރޭޝަންސް އޮންނަނީ "ކަލެކްޓް އެންޑް ޑަމްޕް" އުސޫލުން. މިހާރު ކުނި ޕްރޮސެސްކޮށް މެނޭޖް އެބަ ކުރޭ – އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އިކުއިޕްމަންޓާއި, ވެހިކަލްތަކާއި, ކުނި މެނޭޖްކުރުމަށް ބޭނުންވާ ޒަމާނީ ނިޒާމްތައް މިހާރު ތިލަފުށީގައި ގާއިމުވަމުން އަންނާތީ ހަދަރު ބޮޑުވުން

ބިލްޓައި ކުރުން ކުރިއަށްދާނީ ކިހިނެއް؟

  • ވެމްކޯގެ ފީ ވަކިން ދެން ދައްކަން ނުޖެހޭނެ ދައްކަން ޖެހޭނީ ކަރަންޓު ބިލް
  • ސްޓެލްކޯގެ ކަރަންޓް ބިލުގައި ވެމްކޯގެ ފީ ވަކި "ލައިން އައިޓަމް" އެއްގެ ގޮތުގައި ހިމަނާފައިވާނެ
  • ކޮންމެ "އެކްޓިވް" ކަރަންޓު މީޓަރަކަށް 150 ރުފިޔާގެ ފިކްސްޑް ޗާޖެއް ނެގުންް
  • އެކްޓިވް ކަރަންޓް މީޓަރަކީ ކޮންމެ މަހަކު 34 އަށްވުރެ ގިނަ ޔުނިޓް ބޭނުންކޮށްފައި ހުންނަ ކަރަންޓް މީޓަރު
  • މި އަދަދަށްވުރެ މަދުން ކަރަންޓް ބޭނުންކޮށްފައި ހުންނަ ތަންތަނަކީ މީހުން ދިރިނޫޅޭ ތަނެއްގެ ގޮތުގައި ބަލާ އެ މީޓަރަކަށް ފީ ޗާޖެއް ނުކުރާނެ. މިސާލު: ޗުއްޓީއަށް ރަށުން ބޭރަށް ގޮސް އެއްވެސް މީހަކު ގޭގައި ނޫޅޭ މަސްތަކުގައި ޗާޖެއް ނުކުރާނެ. އެއީ މީހުން ދިރިނޫޅޭނަމަ ކުނި ނަގަން ނުޖެހޭނެތީ
  • ކޮމާޝަލް ކަރަންޓު މީޓަރަށް ވާނީ ކިހިނެއް؟
  • ކޮމާޝަލް ކަރަންޓު މީޓަރުތަކަށް ޗާޖު ކުރާނީ މިހާރުވެސް ވެމްކޯއިން ހިދުމަތް ހޯދާ ކޮމާޝަލް ކްލައިންޓުންގެ މީޓަރުތައް. އިތުރަށް ޚިދުމަތް ހޯދާ ފަރާތްތައް އިތުރުކުރެވޭނެ.

އިސްތިސްނާ ވާ ހާލަތްތަކަކީ ކޮބާ؟

  • އެއްވެސް އެޕާޓްމަންޓަކަށް ނުހިމެނޭ ގޮތަށް ގޭގޭގެ ކޮމަން އޭރިއާތަކަށް ލާފައި ހުންނަ ކަރަންޓު މީޓަރަށް ޗާޖެއް ނުކުރާނެ
  • ލިފްޓް ތަކަށް ލާފައި ހުންނަ ކަރަންޓް މީޓަރަށް ފީ ޗާޖެއް ނުކުރާނެ
  • ބައެއް އެޕާޓްމަންޓްތަކުގައި ވަކި ދެ މީޓަރު ލާފައި ހުއްޓަސް ފީ ޗާޖު ކުރާނީ އެއް މީޓަރަށް – މިގޮތަށް ހުންނަ ތަންތަން ދެނެގަތުމަށް ވެމްކޯގެ ޓީމްތަކުން ސަރވޭ ކުރަމުން ދާނެ. ރައްޔިތުންނަށް ކޮންމެ ވަގުތެއްގައިވެސް މިފަދައިން ހުރި މީޓަރެއް ހުރިނަމަ ރިޕޯޓް ވެސް ކުރެވޭނެ

އާންމުންނަށް ހުރި ފަސޭހަ ކަމަށް ވެމްކޯއިން ބުނީ :

  • ވެމްކޯގައި އިތުރަށް ރެޖިސްޓްރީ ވާކަށް ނުޖެހޭނެ
  • ގެ ބަދަލުވިޔަސް ރީ ރެޖިސްޓްރީ ކުރާކަށް ނުޖެހޭނެ
  • ގޭގެ ވެރިފަރާތުގެ ލެޓަރއެއް ހޯދާކަށް ނުޖެހޭނެ
  • ފީ ޗާރޖު ކުރާނީ މީހުން ދިރިއުޅޭ ތަންތަނުގައި ލާފައިހުރި ކަރަންޓް މީޓަރު ތަކަށް އެކަނި
  • ސްޓެލްކޯ ބިލު ދެއްކީމަ އެ ނިމުނީ. ވަކިން ވެމްކޯއަށް ބިލު ދައްކާކަށް ނުޖެހޭނެ
  • ކަރަންޓު ބިލު ދައްކާލާ ހިސާބުން ކޮންމެ ދުވަހަކު އެ ގޭބިސީއަކުން ކުނި ގެންދިއުމަކީ ވެމްކޯގެ ޒިންމާއެއް.
  • އެކިއެކި ބިލްތައް ދައްކަން އެކި އެޕްތަކަށް ވަދެ އެ ދިމާވާ އުނދަގުލަށް ލުއިފަސޭހައެއް
  • ކުންޏަށް ދައްކާވަރަކީ 150 ގެ ފިކްސްޑް ޗާޖެއް

މިގޮތަށް ފީ ނަގަން ފަށާނީ މެއި މަހުގެ ބިލުން ފެށިގެން (ޖޫން މަހު ލިބޭ ބިލްގައި ވެމްކޯގެ ބިލް ހިމެނޭނެ) ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *