އދ. އޮމަދޫގައި ކުނި މެނޭޖް ކުރާ ސެންޓާއެއް އެޅުމަށް އޮމަދޫ ކައުންސިލް އާއެކު އެންވާރަމެންޓް މިނިސްޓްރީން އެއްބަސް ވުމެއްގައި ސޮއި ކޮށްފިއެވެ.
މިއެއްބަސް ވުމުގައި ސޮއިކުރީ އެކަމަށްޓަކައި އެ މިނިސްޓްރީގައި ބޭއްވި ރަސްމިއަޔާތެއްގައެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރު އެވެ. އޮމަދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް އަދީލް އެވެ.
މި މަޝްރޫއުއާއި ގުޅިގެން މިނިސްޓްރީން ބުނީ، އޮމަދޫ ކައުންސިލުން މި މަޝްރޫއު ބަލަހައްޓާނެ ކަމަށާއި، ތިމާވެށީގެ ހަރުކަށި މިންގަނޑުތަކަށް އަމަލުކުރާކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.
The Ministry has entered into an agreement with ADh. Omadhoo council for the construction of a new Island Waste Management Center (IWMC). This initiative is part of the Greater Malé Environmental Improvement & Waste Management Project, with the contract valued at MVR 2.8 million. pic.twitter.com/5sGFIuidW9
— Min. of Environment, Climate Change and Technology (@MoEnvmv) May 24, 2023
މި މަޝްރޫއުއަކީ ގްރޭޓަރ މާލޭ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ބައެއް ކަމަށާއި، މި ކޮންޓްރެކްޓްގެ އަގަކީ 2.8 މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.