މީގެ ވިއްސަކަށް އަހަރު ކުރިއަށް ނަޒަރު ހިންގާލާއިރު އޭރުގެ ސަރުކާރަށް ތާއިދު ކުރާފަރާތްތޔަކުން، އޭރު ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެވިގެންދިޔަ މަސައްކަތައް ދީފައިވާ ނަމަކީ ނުވަތަތަ އަޅުވާފައިވާ ޓެގަކީ "ލާ-ދީނީ" އެވެ. އެޙަރަތާކާތުގެ ޕްރެޝަރަށް އޭރުގެ ސަރުކާރުން ދޫދެއްވައި މަލްޓި ޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ދީލާލުމާއެކު ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ ސިޔާސީ ޕާޓީ ގެ ގޮތުގައި އެޙަރަކާތް "ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ" (އެމް.ޑީ.ޕީ) ގެ ނަމުގައި ރަޖިސްޓަރީ ކުރެވުނެވެ.
އަދި ހަމަ އެއާއެކު އޭރުގަ ހިނގަމުންއައި ސަރުކާރުގައި ތިއްބެވި ބޭފުޅުންވެސް "ދިވެހި ރައްޔިތުންގެ ޕާޓީ" (ޑީ.އާރ.ޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރިއެވެ. އޭގެ އިތުން އޭރު އިސްލާހީ ޙަރަކާތުގައި ބައިވެރިވި ބައެއް އިސްފަރާތްތަކުން އެހެނިހެން ނަންނަމުގައިވެސް ސިޔާސީ ޕާޓީ ތައް ރަޖިސްޓަރީކުރިއެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ލާދީނީ ޓެގް ވާރުތަކުރީ "އެމް.ޑީ.ޕީ" އަށްކަމުގައެވެ.
މިހާތަނަށް ރާއްޖޭގެ ސިޔާސީ މަޝްރަހުން ފާހަގަކުރެވޭ އެއްމެ ބޮޑު އެއް ހަގީގަތަކީ އެމްޑީޕީ ފިޔަވައި ދެން އުފެދިފައިވާ ޕާޓީތައް އުފެދިފައިވާ މަގްސަދާއި ސިޔާސަތު ސާފު ނުވާކަމެވެ. މީ އަޅުގަނޑުގެ ޙިޔާލެވެ، އެމްޑީޕި ފިޔަވައި ދެން އުފެދިފައިވާ ޕާޓީތަކުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން އެކި އެކި ޕޯޑިއަމްތަކުގައި ދައްކަވާ ގިނަވާހަކަތަކުން ދޭހަވަނީ އެ ޕާޓީ ތަކުގެ ސިޔާސަތަކީ އެމް.ޑީ.ޕީ އާއި ދެކޮޅު ސިޔާތު ކަމުގައެވެ.
އެމ.ްޑީ.ޕީ ގެ އަސާސީ ޤަވާއިދުގެ 10 ވަނަ މާއްދާ (މަގްސަދު) ގައިވާ ގޮތުން އެޕާޓީގެ ރޫޙު ވަރަށް ސާފެވެ، އަދި އެޕާޓީގެ ވެރިކަންތަކުގައި ފޯކަސްކޮށްފައިވަނީ މުޅިންވެސް ދިވެހި ރައްޔިތު މީހާއަށް އުފާވެރި ދިރިއުޅުމެއް ލިއްބައިދިނުމުގެ އާމާޒުގެ މައްޗަށްކަން އޮތީ ފެންނާށެވެ. އެހެން ކަމަށްވާނަމަ އެހެން ޕާޓީތަކުގެ އަމާޒަކީ އެކަން އެހެން ވިޔަނުދިނުންބާއޭ ހިތައްއަރައެވެ. ނޫނީ އެހެން އެ ފަރާތްތަކުން ބުނަ މުން އެގެންދަނީ ކުރިން އިޝަރާތްކުރި "ލާ-ދީނީ" ޓެގް ގެ ސަބުން ބާއެވެ.
ރާއްޖެއަށް ސިޔާސީ ހަލަބޮލިކަން އަންނަން ފެށި ހިސާބުން އިސްލާހީ ޙަރަކާތުގައި އުޅުއްވި އިސް ބައެއް ބޭފުޅުންނަށް އަމާޒްކޮށް އިސްލާންދީނާ ދުރު ލާ-ދީނީ ވިސްނުމުގެ ފަރާތްތަކެއްގެ ގޮތުގައި އޭރުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ސިފަކުރަންފެށުމާއެކު އެފަރާތަކުގެ ބައިވެރިންގެ ގޮތުގައި އެމް.ޑީ.ޕީ އާއި ގުޅުނު ހުރިހާ ރައްޔިތުންނަށްވެސް އެ ޓެގް ލިބިގެން ދިޔައެވެ.
އެހެންކަމަށްވާނަމަ މިހާރު އުފެދޭ ސުވާލަކީ އޭރު އެ ޓެގް ލިބުނީ އ.ެމްޑީ.ޕީ ގައި އިސްކޮށް އުޅުނު ބައެއްފަރާތްތަކާމެދު ދެކެވެމުން އައި ގޮތަކުން ކަމަށްވާނަމަ އެފަރާތްތައް މިހާރު އެމް.ޑީ.ޕީ ދޫކޮށް ދިޔުމާއެކު އަދި އެފަރާތްތަކާ ބައިވެރިވެ ސިޔާސީ ޙަރަކާތް ހިންގާ ހުރިހާ ފަރާތްތަށް މިހާރު ލާ-ދީނީ ވީބާއެވެ؟ ނޫނީ މިހާރު ލާ-ދީނީ ޓެގު އޮތީ ކޮންތާކުބާއެވެ؟
ކިޔުންތެރިންގެ ޚިޔާލުތައް
dethaagaves
އަންނި އަކީ އަސްލު ލާދީނީ ފިކުރު އަހަރެމެންނަކަށް ނޯޅޭ
ނަސީދު އަތުގައި އެއީ އެނމެ ދީނަ ނަފުރަތު ކޮށް ބޭރުދުނިޔޭގެ ބޯޑިއަމްތަކަށްއަރާ ވާހަކަދެއްކިމީހާ އޭނާގެ ވެރިކަންވެއްޓުނީވެސް އެސަބަބާހުރެ ސީދާ ލާދީނީ ޓެގުގެވެރިޔަކީ ނަސީދު
ޑިމޮކްރަސީ ގެންނަން މަސައްކަތް ކުރިބބަޔަކަށް ދީފައިވާ ނަމެއް ނޫން އެއީކީ އެނަން ދުނީވެސް އޭރުގެ ސަރުކާރަކުން ނޫން އެނަން ދިން މީހުންނަކީ އޭރުގެ ސަރުކާރާ ދެކޮޅުބައެއް. އެނަން ދިނީ ދުނިޔޭގެ އެކި ގައުމުތަކުގަ އެކަލޭގެ ދައްކާފަހުރި ދީނާ ޚިލާފް ވާހަކަ ތަކުން. ސައޫދީގަ އޮންނަނީ ބޯދާ އިސްލާމް ދީނޭ ޒިނޭކުރީމަ ހައްދު ޖެހުމަކީ އަންހެނުންގެކަރާ މަތަށް އަރައިގަތުމޭ ސައުވީސް ގަޑިއިރު ހަމަހޭގަ ހުންނާ ކަށް ނުޖެހޭ ނެއޭ މިގައުމަށް ރަގަޅީ ސެކިއުލިޒަމް އޭ މިކަހަލަ އެތައް ވާހަކަ ތަކެއް ދައްކާފަ ހުރީމަ ގިނަ އަދަދެއްގެ ޝޭޚުން އޭނާއަށް ދިން ނަމެއް އެއީ ލިޔުންތެރިޔާ ކިތައްމެ އޮޅުވާލަން އުޅުނަސް އެކަމެއް ނުވާނެ އެންމެނަށްވެސް އެނގޭ ލާދީނީ އަކީ ކާކުކަން
ޑިމޮކްރަސީ ގެންނަން މަސައްކަތް ކުރިބބަޔަކަށް ދީފައިވާ ނަމެއް ނޫން އެއީކީ އެނަން ދުނީވެސް އޭރުގެ ސަރުކާރަކުން ނޫން އެނަން ދިން މީހުންނަކީ އޭރުގެ ސަރުކާރާ ދެކޮޅުބައެއް. އެނަން ދިނީ ދުނިޔޭގެ އެކި ގައުމުތަކުގަ އެކަލޭގެ ދައްކާފަހުރި ދީނާ ޚިލާފް ވާހަކަ ތަކުން. ސައޫދީގަ އޮންނަނީ ބޯދާ އިސްލާމް ދީނޭ ޒިނޭކުރީމަ ހައްދު ޖެހުމަކީ އަންހެނުންގެކަރާ މަތަށް އަރައިގަތުމޭ ސައުވީސް ގަޑިއިރު ހަމަހޭގަ ހުންނާ ކަށް ނުޖެހޭ ނެއޭ މިގައުމަށް ރަގަޅީ ސެކިއުލިޒަމް އޭ މިކަހަލަ އެތައް ވާހަކަ ތަކެއް ދައްކާފަ ހުރީމަ ގިނަ އަދަދެއްގެ ޝޭޚުން އޭނާއަށް ދިން ނަމެއް އެއީ ލިޔުންތެރިޔާ ކިތައްމެ އޮޅުވާލަން އުޅުނަސް އެކަމެއް ނުވާނެ އެންމެނަށްވެސް އެނގޭ ލާދީނީ އަކީ ކާކުކަން
ލާދީނީއަކީ ކާކުކަން އާރިފާއަށް ވެސް އެނގޭ އެކަމަކު
މީހުނަށް އޮޅުވާލަން ތިޔަ މަސައްކަތް ކުރަނީ .ފާޅުގަ ދީނާ ޚިލާފް ވާހަކަތައް ދައްކާފަހުރި މީހަކަށް ލާދީނީ ކިޔަނީ ރާއްޖޭގެ އެންމެނަށްވެސް އެނގޭ އެއީ ކާކު ކަން .މިތަނަށް ކްރިސްޓިއަން ދީން ފަތުރަން އައި މީހުންވެސް އައީ އެކި ނަންނަމުގަ ރާއްޖެއަށް އެހީ ވުމުގެ ނަމުގަ.